ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބު 10 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ފިސްތޯލައެއް ގެންގުޅުނު ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ހުކުމްކޮށްފައިވަނީ މިރޭ ކްރިމިނަލް ކޯޓުގައި ބޭއްވި ސިއްރު އަޑުއެހުމެއްގަ އެވެ.

ފިސްތޯލަ ގެންގުޅުނު ކަމަށް ބުނާ މައްސަލާގައި ދައުލަތުން އަދީބުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާ އެވެ. މޭޑޭގެ ކުރީ ދުވަހު އަދީބު ފިސްތޯލައެއް ގެންގުޅުނު ކަމަށް ހެކިވެރިން ހެކި ބަސް ދީފައިވެ އެވެ. އަދި އޭގެފަހުން އަދީބު ދިރިއުޅުއްވާ ރެހެންދި ފްލެޓުން ވެސް ފިސްތޯލައެއް ފެނުނު ކަމަށް ބުނެ ހެކި ބަސް ދީފައިވެ އެވެ.

އަދީބުގެ މައްޗަށް މިރޭ އިއްވި ހުކުމުގައި ބުނެފައިވަނީ، ދައުލަތުން ހުށަހެޅި ހެކިން އަދީބުގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އަދީބަށް ހުކުމް އިއްވާފައިވަނީ ސިއްރުކަމުން ހުކުމްގައިވާ ގިނަ ކަންކަން އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

ކުށުން ސަލާމަތްވުމަށް އަދީބު އެކަށީގެންވާ ހެކި ދެއްކިފައިނުވާ ކަމަށް ހުކުމްގައި ކަނޑައަޅާފައިވެ އެވެ.