ފިނިޕޭޖް

އަވަސް ވީކެންޑް: މާދަމާއަކީ ޝަލަބީގެ ދުވަހެއް!

މާދަމާ އަވަސް ވީކެންޑް އިންޓަވިއު ހާއްސަކޮށްފައިވަނީ މޯލްޑިވިއަން އައިޑޮލްއިން ވިދާލި އެ މުބާރާތުގެ ދެވަނަ ހޯދި، ޝަލަބީ އިބްރާހިމަށެވެ.

ކޮންމެ ހުކުރު ދުވަހަކު އަވަސްއިން ގެނެސްދޭ އަވަސް ވީކެންޑްގެ ހާއްސަ އިންޓަވިއުގައި ޝަލަބީ މާދަމާ އަވަސްގެ ކިޔުންތެރިންނާ ބައްދަލުކުރާއިރު، ޝަލަބީގެ ތަފާތު ގިނަ އާ ވާހަކަތަކެއް އިވިގެންދާނެ އެވެ. އަދި ކިޔުންތެރިން އޮޅުން ފިލުވަން ބޭނުންވެފައިވާ ގިނަ ކަންތައްތަކެއްގެ ޖަވާބު ވެސް ޝަލަބީ ވަނީ މި އިންޓަވިއުގައި ދީފަ އެވެ.

އަވަސް ވީކެންޑް އިންޓަވިއުއަކީ އެކަމަށް ހާއްސަކޮށްފައިވާ ޓީމަކުން ކުރާ މަސައްކަތެކެވެ. ފޮޓޯ ޝޫޓަކާއެކު ގެނެސްދޭ މި އިންޓަވިއުއަށް ޝަލަބީގެ ފޮޓޯ ޝޫޓްކޮށްފައިވަނީ ތިލަފުށީގަ އެވެ.

ޝަލަބީގެ އިންޓަވިއުއަކީ އަވަސް ވީކެންޑްގެ 21 ވަނަ އިންޓަވިއުއެވެ. މި ސީރީޒް މިހާ ކާމިޔާބުކޮށް ކުރިއަށް ދަނީ މި ސީރީޒަށް އަވަސްގެ ކިޔުންތެރިންގެ ފަރާތުން ލިބެމުންދާ ތަރުހީބުގެ ސަބަބުންނެވެ.

މި ރޯދަ މަހު އަވަސް ވީކެންޑްގައި ކިޔުންތެރިންނާ ބައްދަލުކުރާނީ ވަރަށް ހާއްސަ މެހެމާނުންނެވެ. އަވަސް ވީކެންޑަށް އިންތިޒާރުކޮށްލައްވާށެވެ.