ރޯދަ މަހާ ރޯއްޖާ

ބޮލަށް ވަޒަން އެރި އެތަކަށް ތިން ހަފުތާ ފަހުން ފަރުވާދީފި

ޒިންބާބުވޭގެ ޝިކާރަވެރިންތަކެއްގެ ހަމަލާއެއްގައި ބޮލަށް ވަޒަން އަރާފައިވާ އެތެއް ސަލާމަތްކޮށްފި އެވެ. އެ އެތަށް ފަރުވާދީ، ސަލާމަތްކޮށްފައިވަނީ ތިމާވެއްޓަށާއި ދިރީތަކެތީގެ ހައްގުތަކަށް މަސައްކަތްކުރާ ގުރޫޕަކުންނެވެ.

ބޮލަށް ވަޒަން އަރާފައިވާ އެތް ފެނިފައިވަނީ އެ ގައުމުގެ މާނާ ޕޫލް ނޭޝަނަލް ޕާކުންނެވެ. މި ޕާކަކީ ޝިކާރަވެރިން އާންމުކޮށް ހަމަލާދޭ ޕާކެކެވެ. ޝިކާރަވެރިން އެތްތައް މަރަނީ އޭގެ ދަތުގެ ބޭނުމުގަ އެވެ. އެއީ އަގުބޮޑުކޮށް ވިއްކާލެވޭ އެއްޗެކެވެ.

ބޮލަށް ވަޒަން އަރާފައިވާ އެ އެތް ފެނިފައިވަނީ އެ ސޮރުގެ ބޮލަށް ވަޒަން އެރިތާ ތިން ހަފުތާ ނޫނީ ހަ ހަފުތާ ފަހުން ކަމަށް އެ އެތް ބެއްލެވި ޑރ. ލީސާ ވަނީ ވިދާޅުވެފަ އެވެ. އެތުގެ އެކްސްރޭ އެއް ހަދައި، ވަޒަން އަރައި ޒަހަމްވިތަން ވަނީ ސާފުކޮށްފަ އެވެ. ނަމަވެސް ވަޒަން އެތުގެ ބޮލުގެ ތެރެއިން ނަގާފައެއް ނުވެ އެވެ.

ޑރ. ލީސާ ވިދާޅުވީ، އެ އެތައް އިތުރު ފަރުވާ ބޭނުންވާ ކަމަށެވެ. އޭނާ ވިދާޅުވީ، ބަޑީގެ ވަޒަން ކުޑަ ސެންޓިމީޓަރެއް ތިރިއަށް އަމާޒުވި ނަމަވެސް އެ ވަޒަން އެ އެތުގެ ސިކުނޑިއަށް ވަނީސް ކަމަށެވެ.

ފަންސަވީސް އަހަރުވެފައިވާ މި އެތަށް ފަރުވާދެމުން ގެންދިޔައިރު އެއްވެސް ވަރަކަށް ރުޅިވެރިކަން ދައްކާފައިނުވާ ކަމަށް ލީސާ ވިދާޅުވި އެވެ.

"އެ އެއްޗަށް ވެސް އެނގެނީ ކަން ނޭނގެ އަހަރެމެން މި އުޅެނީ އެ އެއްޗަށް އެހީ ވާށޭ،" އޭނާ ވިދާޅުވި އެވެ.