ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ އޮސްޓްރިއާ އަތުން ޕޯޗުގަލް މޮޅުވުނުވުމުން ހުރިހާ ޕްރެޝަރެއް ކުރިމަތިވެފައިވަނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރޮނާލްޑޯ ލިބުނު އެތައް ފުރުސަތެއް ނަގާލި އެވެ. ޕެނަލްޓީ ވެސް ނާކާމިޔާބުވީ އޭނާ އަތުންނެވެ.
މިހެންވެ މެޗަށް ފަހު އޭނާ ނޫސްވެރިންނާ ބައްދަލުކުރަން ބޭނުމެއްނުވި އެވެ. ކޯޗު ފެނާންޑޯ ސަންޓޯސް ވެސް ބުނީ ރޮނާލްޑޯއާ ބެހެ ގޮތުން އޭނާއާ ސުވާލު ނުކުރަން އާދޭސް ކުރާ ކަމަށެވެ.
ނަމަވެސް މެޗަށް ފަހު ދަނޑަށް އެރި ސަޕޯޓަރަކާއެކު ސެލްފީއަކަށް ރޮނާލްޑޯ ހުއްޓިހުރުމުން އޭނާ އަށް ވަނީ އަނެއްކާ ވެސް ފާޑުކިއުން އޮހެން ފަށައިފަ އެވެ.
ނަމަވެސް އޭނާ އަށް ތާއީދު ކުރާ ބައެއް މީހުން މިކަމާ ބެހޭ ގޮތުން ބުނަނީ ރޮނާލްޑޯ އަކީ އިންސާނުންނަށް ގަދަރުކުރާ މީހެއް ކަމަށާއި އޭނާގެ އެއްވެސް މައްސަލައެއްނެތް ކަމަށެވެ.
ނަމަވެސް ޓީމު މޮޅުކޮށްނުދެވި، ޖެހިޖެހިގެން ދެ މެޗުގައި ލަނޑެއްް ނުޖެހި ޕޯޗުގަލް ދެ ވަނަ ބުރަށް ދިއުމަށް މަރާ ހަނގުރާމް ކުރަން ޖެހިފައިވަނިކޮށް، އޭނާ ސެލްފީ ނެގުމުން އެތައް ބަޔަކު ވަނީ ފާޑުވެސް ކިޔަން ފަށާފަ އެވެ.