ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ފިސްތޯލަ ގެންގުޅުނު މައްސަލާގައި އަދީބަށް ކުރި ހުކުމް އިސްތިއުނާފުކޮށްފި

ފިސްތޯލައެއް ގެންގުޅުނުކަން ސާބިތުވެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. އެ މައްސަލަ ހައިކޯޓަށް ވައްދާފައިވަނީ މިއަދު އެވެ.

ފިސްތޯލަ ގެންގުޅުނު ކަމަށް ބުނާ މައްސަލާގައި ދައުލަތުން އަދީބުގެ މައްޗަށް އުފުލީ ޓެރަރިޒަމްގެ ދައުވާ އެވެ. މޭޑޭގެ ކުރީ ދުވަހު އަދީބު ފިސްތޯލައެއް ގެންގުޅުނު ކަމަށް ހެކިވެރިން ހެކި ބަސް ދީފައިވެ އެވެ. އަދި އޭގެފަހުން އަދީބު ދިރިއުޅުއްވާ ރެހެންދި ފްލެޓުން ވެސް ފިސްތޯލައެއް ފެނުނު ކަމަށް ބުނެ ހެކި ބަސް ދީފައިވެ އެވެ.

އަދީބުގެ މައްޗަށް އިއްވި ހުކުމުގައި ބުނެފައިވަނީ، ދައުލަތުން ހުށަހެޅި ހެކިން އަދީބުގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. ކުށުން ސަލާމަތްވުމަށް އަދީބު އެކަށީގެންވާ ހެކި ދެއްކިފައިނުވާ ކަމަށް ހުކުމްގައި ކަނޑައަޅާފައިވެ އެވެ.