ބޭރު ކުޅިވަރު

ބަޓިސްޓޫޓާގެ ރެކޯޑް މުގުރާލެވުނީތީވެ ދެރަވަން: މެސީ

ގަބްރިއަލް ބަޓިސްޓޫޓާގެ ރެކޯޑް މުގުރާލެވުތީވެ ހިތާމަ ކުރާކަމަށް އާޖެންޓީނާގެ ފޯވަޑް އަދި ކެޕްޓަން ލަޔޮނަލް މެސީ ބުނެފި އެވެ.

ގައުމީ ޓީމަށް ބަޓިސްޓޫޓާ ޖަހާފައިވާ 54 ގޯލުގެ ރެކޯޑް މެސީ މުގުރާލީ ކޮޕާ އެމެރިކާ ސެންޓެނާރިއޯ ފުޓްބޯޅަ މުބާރާތުގައި ވެނެޒުއޭލާ އަތުން 4-1 އިން މޮޅުވި މެޗުގަ އެވެ. މި މެޗުގައި މެސީ ޖެހި ގޯލާއެކު އޭނާ ޖެހި ގޯލުގެ އަދަދު ވަނީ 55 އަށް އަރައިފަ އެވެ.

އެއަށްފަހު ބާސެލޯނާ އަށް ކުޅޭ ފޯވަޑް ބުނީ ބަޓިސްޓޫޓާ އަށް ބުނީ މި ރެކޯޑް މުގުރާލެވުނީތީވެ އޭނާ ދެރަވާ ކަމަށެވެ.

އުމުރުން 28 އަހަރުގެ މެސީ މިހެން ބުނީ މި ރެކޯޑް މެސީ މުގުރާލާނެތީވެ އޭނާ ހިތާމަކުރާ ކަމަށް ބަޓިސްޓޫޓާ ތަކުރާރުކޮށް ބުނެފައިވާތީ އެވެ.

"އަަހަރެން ހިތްދަތިވޭ މެސީ އަހަރެންގެ ރެކޯޑް މުގުރާލީތީވެ. އެކަމަކު އޭނާ އަށް މި ރެކޯޑް ހައްގު. އަހަރެން އޭނާ (އަކީ ކިހާމޮޅު ކުޅުންތެރިއެއްކަން) ސިފަކޮށްދޭން އަހަރެން ބުނާނެ ބަހެއްނެތް. އެއީ އެހެން ދުނިޔެއަކުން އައި މީހެއް،" މެސީ އަށް ތައުރީފް ކުރަމުން މިހާރު އުމުރުން 47 އަހަރުގެ ބަޓިސްޓޫޓާ ބުންޏެވެ.