ބޭރު ކުޅިވަރު

ކޮޕާ އެމެރިކާ ފައިނަލަށް އާޖެންޓީނާ

ކޮޕާ އެމެރިކާ ސެންޓެނާރިއޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް އާޖެންޓީނާ ދަތުރުކޮށްފި އެވެ.

އެ ގައުމު ފައިނަލަށް ދަތުރުކުރީ މުބާރާތް ބާއްވާ ގައުމު އެމެރިކާ 4-0އިން މިއަދު ހެނދުނު ބަލިކޮށްގެންނެވެ. އާޖެންޓީނާ އަށް ގޮންޒާލޯ ހިގުއައިން ދެ ގޯލު ޖަހައިދިންއިރު އަނެއް ދެ ލަނޑު ޖެހީ ކެޕްޓަން ލަޔޮނަލް މެސީ އާއި ލަވޭޒީ އެވެ.

މިއީ އާޖެންޓީނާ މި މުބާރާތުގެ ފައިނަލަށް ޖެހިޖެހިގެން ދަތުރުކުރި ދެ ވަނަ ފަހަރެވެ. އެ ގައުމަށް ފައިނަލުގައި ބައްދަލުކުރަން ޖެހޭ ގައުމެއް އެނގޭނީ މާދަމާ ހެނދުނު ޗިލީ އާއި ކޮލަމްބިއާ ވާދަކޮށް ނިމުމުންނެވެ. ޗިލީ އަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމެވެ.

ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު ބާއްވާ މި މުބާރާތް މި ފަހަރު ބާއްވަނި ހާއްސަ މުބާރާތެއްގެ ގޮތުގަ އެވެ. އެއީ މުބާރާތް ބާއްވާތާ 100 އަހަރު ފުރުން ފާހަގަ ކުރުމަށެވެ.