އަޒީމާ އާދަމް

ގަވަރުނަރު ފިއްލަވަން އުޅުއްވާ ކަމަށް އިއްތިހާދުން ތުހުމަތުކޮށްފި

އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް
0%
0%
0%

އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމްގެ މައްޗަށް މަނީލޯންޑަރިން ފަދަ ބޮޑެތި ތުހުމަތައް ކުރުމަށްފަހު އެކަމަނާ ފިއްލަވަން މަސައްކަތް ކުރައްވާ ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ނަމުގައި ހަރަކާތްތެރިވާ އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.

އެ އިއްތިހާދުން ނެރުނު ބަޔާނެއްގައި ގަވަރުނަރު އަޒީމާއަށާއި އެކަމަނާގެ ފިރިކަލުން ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރަށް ވަނީ ބޮޑެތި ތުހުމަތުތަކެއްކޮށްފަ އެވެ.

އެ ބަޔާނުގައި ބުނަނީ ރާއްޖޭގެ ސިޔާސީ މަޝްރަހު ގޯސްވެ، ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި އަލީ ނަސީރު ރާއްޖެއިން ބޭރުގެ ވަޒީފާއަކަށް ހަމަޖެއްސަވާފައިވަނީ ދައުލަތުން ވައްކަން ކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތަކަށް މަގުފަހިކޮށްދިން ފަރާތްތައް ރާއްޖެއިން ފިއްލެވުމުގެ ފުރުސަތު ހޯދައިދޭން ކަމަށެވެ.

އެކަމަނާ އާއި ފިރިކަލުން އަލީ ނަސީރުގެ މައްޗަށް ތަފާތު ތުހުމަތުތައް ކޮށްފައިވާއިރު އެހެން ބައެއް ތުހުމަތުތައް ވެސް އެ އިއްތިހާދު އުފެދުނީއްސުރެ ދަނީ ކުރަމުންނެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޠޔާމީން

ޑޯންޓް ވޮރީ ވީ ހޭވް ރެޑް ނޯޓިސް

ނަޝީތު މުހައްމަދު

މިބައިގަނޑު ފިލާތެބެގެން އެހެން މީހުން ފިލަނީއޭ ކިޔައިގެން ވާހަކަ ދައްކާތީ ހަމަ ހިނި އަންނަނީ. ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތް ބަޔަކު ރާއްޖެއިން ބޭރުގައި ފިލަާތިބެގެން ކުއްތާތަކެއްހެން ވައްވައް ޖަހަން ދެން ތިބޭ !

ހަބީބު

ތަސްމީނުގެ ބޮޑު ޚިޔާނާތްތަކާއި އަލީވަހީދުގެ އަޑިނޭނގޭ ކޮރަޕްޝަނާއި ޖަމީލުގެ ޖައްބާރުކަމުން ނަގާފައިވާ ނާޖާއިޒު ފައިދާތަކާއި އަމީނު ބެހި ހަދިޔާތަކުގެ ޒައްރެއްގެ މިންވަރާ ގާތްކުރާ ވަރުގެ ވައްކަމެއް ނުވަތަ ޚިޔާނާތެއްވެސް އަޒީމާއާއި ނަސީރަށް ކުރެވިފައެއް ނޯންނާނެއެވެ. އެވާހަކަތަކުގާ މަތިޖަހަން ތިޔަކަހަލަ އެތައް ބަޔާނެއް ނެރެންޖެހޭނެއެވެ. އަދި ތިޔަ އިއްތިހާދުގެ ފާދިރީއާއި ޖެހިގެން ފޮޓޯގައި އިނީ މަހުޖަނުބްރޯގެ ފަސްޓުލޭޑީ ނޫންހެއްޔެވެ.

އަލީ

ތުހުމަތު ކޮށްކޮށް ތިބެން ޖެހޭނީ. ދެން ވެރިކަމަކަށް ނާދެވޭނެ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910