- ފެއާގައި މެލޭޝިޔާ ޓޫރިޒަމް ބޯޑުންވެސް ބައިވެރިވޭ
- ގިނަ އިނާމުތަކެއް ފެއާއަށް ދިއުމުން ލިބޭ
- ފެއާ ބާއްވަނީ އޮގަސްޓް މަހު
މި އަހަރުގެ އޮގަސްޓް މަހު މާލޭގައި އޮންނަ "ވެކޭޝަންސް އެކްސްޕޯ 2016" ގައި ސިންގަޕޫރު ޓޫރިޒަމް ބޯޑުން ބައިވެރިވެއްޖެ އެވެ.
ރާއްޖޭގައި ބާއްވާ ފުރަތަމަ ޓޫރިޒަމް ފެއާ ކަމަށްވާ "ވެކޭޝަންސް އެކްސްޕޯ" އިންތިޒާމުކުރާ ހައިރައިޒް އިން ބުނީ ސިންގަޕޫރު ޓޫރިޒަމް ބޯޑުން ބައިވެރިވުމުން މި ފެއާއަކީ މަގުބޫލު ފެއާއަކަށް ވެގެންދާނެ ކަމުގެ ނިޝާނެއް ކަމަށެވެ. ސިންގަޕޫރަކީ ޗުއްޓީ ހޭދަކުރަންދާ މީހުންގެ މެދުގައި މަގުބޫލު މަންޒިލެވެ. އެ ގައުމުގައި ދުނިޔޭގެ މަޝްހޫރު ޓޫރިސްޓް އެޓްރެކްޝަންތަކެއް ހުރެ އެވެ.
ސިންގަޕޫރު ޓޫރިޒަމް ބޯޑުން މި ފެއާގައި ބައިވެރިވެފައިވާއިރު، މެލޭޝިޔާ ޓޫރިޒަމް ބޯޑުން ވެސް ވަނީ ފެއާގައި ބައިވެރިވެފަ އެވެ. މީގެ އިތުރުން ދަތުރުފަތުރުގެ ހިދުމަތްދޭ ގިނަ ކުންފުނިތަކުން ވަނީ ފެއާގައިވެފަ އެވެ.
ނޭޝަނަލް އާޓްގެލަރީގައި ބާއްވާ ވެކޭޝަންސް އެކްސްޕޯގައި ބައިވެރިވެފައިވާ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި މެއިން ސްޕޮންސާ އިނަ މޯލްޑިވްސް އާއި މޫދު ހޮލިޑޭސްފަދަ ކުންފުނިތައް ހިމެނެ އެވެ.
ވެކޭޝަންސް އެކްސްޕޯގެ އެންޑޯސް ބައިވެރިންގެ ގޮތުގައި ހިމެނެނީ އެމްއެމްޕީއާރުސީ އާއި މަޓާޓޯ އާއި ލޭމް އަދި ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އެވެ.
އެހެން ޕާޓްނަރުންގެ ތެރޭގައި:
- - އޮންލައިން ޕާޓްނަރު އަވަސް އޮންލައިން
- - އެސޯސިއޭޓް ޕާޓްނަރު އެމްވީހޮޓެލްސް
- - އެސޯސިއޭޓް ޕާޓްނަރު ޓޫރިޒަމް މެލޭޝިޔާ
- - އެސޯސިއޭޓް ޕާޓްނަރު ޓޫރިޒަމް މެލޭޝިޔާ
- - އެސޯސިއޭޓް ޕާޓްނަރު އެލައިޑް އިންޝުއަރެންސް
- - ޓީވީ ޕާޓްނަރު ޕީއެސްއެމް
- - އޮންލައިން ޓްރެވަލް މީޑިޔާ ޕާޓްނަރު މޯލްޑިވްސްޑޮޓް ނެޓް އެމްވީ
- - ޕަބްލިކޭޝަން ޕާޓްނަރު ގެސްޓް ހައުސް އޮފް މޯލްޑިވްސް
- - ކޭޓަރިން ޕާޓްނަރު ހޮޓެލް ޖެން
- - ފޮޓޯގްރަފީ ޕާޓްނަރު އަސަދް ފޮޓޯގްރަފީ
- - ގޯލްޑް ޕާޓްނަރު މޫދު ހޮލިޑޭސް
- - ޕްރައިޒް ޕާޓްނަރު މުސައްފިރީން
ވެކޭޝަންސް އެކްސްޕޯއަކީ ދުރާލާ ޗުއްޓީ ހޭދަކުރަން ރާއްޖެ އާއި ރާއްޖޭން ބޭރަށް ދާން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ބޭއްވޭ ފެއާއެކެވެ. މި ފެއާއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހާއްސަ ގިނަ އިނާމުތަކެއްވެސް ކުންފުނިތަކުން ހުށަހަޅާފައިވެ އެވެ. މިގޮތުންދޭ ބައެއް އިނާމުތަކުގެ ތެރޭގައި މޫދު ހޮލިޑޭސްއިން ވަނީ 2،000 ޑޮލަރުގެ އަގު ބޮޑު ޗުއްޓީ ޕެކޭޖެއް ހުށަހަޅާފަ އެވެ. އަދި އެމްވީ ހޮޓެލްސްއިން މީރު އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް ހާއްސަ ދެ ޕެކޭޖެއް ހުށަހަޅާފައިވެ އެވެ. މި ދެ ޕެކޭޖުގެ އަގު ގާތްގަނޑަކަށް 3،000 އެމެރިކާ ޑޮލަރަށް އަރަ އެވެ.