ގއ. މާމެންދޫ

މާމެންދޫ ސްކޫލްގައި އާ އިމާރާތެއް އަޅަން ހަވާލުކޮށްފި

ދާންދޫ ސްކޫލުގައި ތިންބުރީގެ އިމާރާތެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުން: އެޑިއުކޭޝަން މިނިސްޓޤރީއާ އެކު އެޒްރޯވާ ޕްރައިވެޓް ލިމިޓެޑުން މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ.
0%
0%
0%

ގއ. މާމެންދޫ ސްކޫލުގައި ތިން ބުރީގެ އާ އިމާރާތެއް އަޅަން 7.9 މިލިއަން ރުފިޔާއަށް އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

މާމެންދޫ ސްކޫލުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން އެ ސްކޫލުގައި އަލަށް އިމާރާތްކުރަން ނިންމާފައިވަނީ ނުވަ ކްލާސްރޫމް ހިމެނޭ ތިން ބުރީގެ އިމާރާތެކެވެ. އެ އެއްބަސްވުމުގައި އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއީލެވެ. އަޒްރޯވާ ލިމިޓެޑުން މެނޭޖާ މުހައްމަދު ތައުފީގެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ސޮއިކުރާ ތާރީހުން ފެށިގެން ކުރިއަށް އޮތް 300 އެއްހައި ދުވަހުގެ ތެރޭގައި އިމާރާތް އަޅައި ނިންމަންޖެހޭނެ އެވެ.

އޭ ލެވެލްއަށް މިހާރުވެސް ކިޔަވައިދޭ ދާންދޫ ސްކޫލުގައި އިމާރާތެއް އަޅަން ނިންމާފައިވަނީ ކްލާސްރޫމްގެ ދަތިކަން އޮތުމާއެކު އެކަމަށް ހައްލެއް ގެނެސްދިނުމުގެ ގޮތުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345