ރާއްޖެ ކުޅިވަރު

މާޒިޔާގެ ފްރާންސް ފޯވަޑް ފޮނުވާލައިފި

މިސީޒަނަށް މާޒިޔާ އަށް ގެނައި ފްރާންސް ފޯވަޑް މީކާއީލް ޔޫސުފް ފޮނުވާލައިފި އެވެ.

މެލޭޝިޔާގެ ޕުޓްރާޖާޔާ އެފްސީ އާއި ބެލްޖިއަމްގެ އެފްސީ ބުރަސެލްސް އަށް ވެސް ކުޅުނު މިކާއީލް ފޮނުވާލަން ނިންމީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) މާޒިޔާ އަށް ސޮއިކުރުމުންނެވެ.

ދަގަނޑޭ ސޮއިކުރުމުން މާޒިޔާގައި ގައުމީ ޓީމުގެ 15 ކުޅުންތެރިން ހަމަވީ އެވެ. އަދި ބަލްގޭރިޔާގެ ޑިފެންޑަރު ޖިވްކޯ ވެސް ޓީމުގައި އެބަހުއްޓެވެ.

މާޒިޔާގެ އޮފިޝަލަކު ބުނީ ދަގަނޑޭ ލިބުމުން ފޯވަޑް ލައިން ވަރުގަދަ ވެއްޖެކަމަށާއި ރާއްޖެގެ މޮޅު ކުޅުންތެރިން ތިބުމުން ފްރާންސްގެ ފޯވަޑުގެ މާބޮޑު ބޭނުމެއް ނެތީ ކަމަށެވެ.

މީކާއިލް ވަނީ އޭނާ ކުޅުނު ފުރަތަމަ މެޗުގައި އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ވެލެންސިއާ ކޮޅަށް ލަނޑު ޖަހައި މާޒިޔާ މޮޅުކޮށްދީފަ އެވެ.