ރާއްޖެ ކުޅިވަރު

އެފްއޭއެމުގެ ދަރަނި 15 މިލިއަން ރުފިޔާގައި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ދަރަނި 15 މިލިއަން ރުފިޔާ އަށްވުރެ މަތިވެފައިވާ ކަމަށް އެ އިދާރާއިން ބުނެފި އެވެ. އެފްއޭއެމުގެ ރައީސް ޓޮމް:

ރައީސް އަހުމަދު ތޯރިގް (ޓޮމް) މިއަދު ވިދާޅުވީ ގައުމީ ފުޓްބޯޅަ އިދާރާގެ ދަރަނި ވަރަށް ބޮޑު ކަމަށާއި ދަރަނި އަދާކުރުމަށް ކުރެވޭނެ ކަންކަމާމެދު ވެސް ވިސްނަވާނެ ކަމަށެވެ.

އަދި އެފްއޭމުގެ ބަޖެޓް ފާސް ކުރުމަށް މާދަމާނޫން އަނެއް ދުވަހު ކޮންގްރެސް ބާއްވާނެ ކަމަށެވެ. މީގެ އިތުރުން މި އަހަރު ވެސް ކުލަބުތަކަށް ފައިސާ ދިނުމަށް ބަޖެޓްގައި ހިމަނާފައިވާނެ ކަމަށެވެ.