ރެއާލް މެޑްރިޑުގެ ޒުވާން ކުޅުންތެެރިޔާ މާޓިން އޮޑެގާޑްގެ ޓީމުގައި ހިމެނުމާމެދު ކޯޗު ޒައިނުއްދީން ޒިދާނާއި ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕްރޭޒް އަރައިރުން ވެއްޖެ އެވެ.
ޒިދާން ބޭނުންވީ އާ ސީޒަނަށް ތައްޔާރުވާން ކެނެޑާ އަށް ރެއާލް ކުރާ ދަތުރުގައި 17 އަހަރުގެ އޮޑެގާޑް ނުގެންދާާށެވެ. އަދި އޭނާ ގަބޫލު ކުރާ ގޮތުގައި ރެއާލްގެ ޓީމުގައި ވަދަވެރިކަން ބޮޑުވުމުން އޮޑެގާޑަށް އެންމެ ރަނގަޅުވާނީ ލޯނު އުސޫލުން މިވަގުތު އެހެން ޓީމަކަށް ކުޅުމެވެ.
ނަމަވެސް ރައީސް ބޭނުންވީ ކެނެޑާ ދަތުރުގައި އޮޑެގާޑް ގެންދާށެވެ. ޕެރޭޒް ދެކޭ ގޮތުގައި މި ދަތުރުގައި އެޑެގާޑްގެ ކުޅުން ފެނުމަކީ އޭނާ ގެންދިއުމަށް އެހެން ކުލަބުތަކަށް އެހީތެރިވެދެވޭނެ ކަމެކެވެ.
އޮޑެގާޑްގެ އަކީ ކުރިމަގުގައި މޮޅު ކުޅުންތެރިއަކަސް ވާނެ ކަމަށް ބުނެ ރެއާލް އަށް ގެންދިޔަ ކުޅުންތެރިއެކެވެ. ނަމަވެސް އޭނާ ގެންދިޔައިރު އެ ޓީމުގެ ކޯޗަށް ހުރި ކާލޯ އެންޗެލޯޓީ ވަނީ މިއީ ކޯޗިން ސްޓާފުން ބޭނުންވެގެން ގެނައި ކުޅުންތެރިއެއްނޫން ކަމަށް ބުނެފަ އެވެ. އެންޗެލޯޓީ ބުނީ ރެއާލްއިން އޮޑެގާޑް ގެނައީ ޕީއާރު ކެމްޕޭނަކަށް ކަމަށެވެ.