ބޭރު ކުޅިވަރު

ޕޯޗުގަލް ކޯޗުގެ ކޮންޓްރެކްޓް އާކޮށްފި

ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް އިތުރު ހަތަރު އެ މަގާމުގައި ހުރުމަށް އެއްބަސްވެއްޖެ އެވެ.

މި މަހުގެ ކުރީކޮޅު ޔޫރޯ ފުޓްބޯޅަ މުބާރާތް ޕޯޗުގަލް އަށް ހޯދައިދިން ސަންޓޯސް އަކީ ޕޯޗުގަލްގެ ތާރީހުގައި ވެސް އެ ގައުމަށް ތައްޓެއް ކާމިޔާބުކޮށްދިން ހަމައެކަނި ކޯޗެވެ.

ބޮޑު މުބާރާތެއް ކާމިޔާބު ކުރުމުން އޭނާގެ ކޮންޓްރެކްޓް އާކުރުމުން 2020ގެ ޔޫރޯގެ ނިޔަލަށް އޭނާ މަގާމުގައި ދެމިހުންނާނެ އެވެ.

އުމުރުން 61 އަހަރުގެ ސަންޓޯސް ޕޯޗުގަލްގެ ކޯޗުކަމާ ހަވާލުވީ 2014 ވަނަ އަހަރު އެވެ. އޭގެ ކުރީ ހަތަރު އަހަރު އޭނާ ހުރީ 2004 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލުގައި ޕޯޗުގަލް އަތުން މޮޅުވި ގްރީސްގެ ކޯޗުކަމުގަ އެވެ.

ސަންޓޯސް ޕޯޗުގަލް ޓީމާއެކު ދެން އެންމެ އަވަހަށް ނުކުންނާނީ ސެޕްޓެމްބަރު މަހު ކުޅޭ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިން އަށެވެ.