ބޭރު ކުޅިވަރު

އިންގްލޭންޑް ކޯޗުކަން އެލާޑީސް އަށް ދެނީ

ހުސްވެފައިވާ އިނގިރޭސި ކޯޗުގެ މަގާމަށް ސަންޑަލޭންޑުގެ ކޯޗު ސޭމް އެލާޑީސް ހަމަޖައްސަަން އިނގިރޭސި އެފްއޭއިން ނިންމައިފި އެވެ.

އިނގިރޭސި ނޫސްތަކުން ބުނާ ގޮތުގައި 61 އަހަރުގެ އެލާޑީސް ގައުމީ ކޯޗުގެ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އާއްމުންނަށް ދައްކާލުމަށް އެފްއޭއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ވެސްޓްހޭމް އާއި ނިއުކާސަލް އަދި ބޯލްޓަން އަށް ކޯޗުކޮށްދިން އެލާޑީސްއަކީ ބޮޑު މުބާރާތެއް ކާމިޔާބު ކުރެވިފައިވާ ކޯޗެއްނޫނެވެ. އޭނާ އަށް ގައުމީ ކޯޗުކަން ދޭތީވެ ކުރީގެ ބައެއް ކުޅުންތެރިން ވެސް ވަނީ ކުރިއެރުން ނުފެންނަ ކަމަށް ބުނެ ހިތްހަމަނުޖެހުން ފާލު ކުރަމުންނެވެ.

އިނގިރޭސި ނޫސްތަކުން ބުނާގޮތުގައި އެލާޑީސް ގައުމީ ކޯޗަކަށް ހަމަޖައްސެމަށް މިވަގުތު ނިންމުންދަނީ ސަންޑަލޭންޑަށް ބަދަލު ދިނުމުގެ މަސައްކަތެވެ. އެއީ އެކުލަބުގެ ކޯޗުކަމުގައި މިހާތަނަށް ނުވަ މަސްދުވަހު އޭނާ ހުރިއިރު ކޮންޓްރެކްޓްގައި އަދި ބާކީ އަހަރެއްހާ ދުވަސް އޮތުމުންނެވެ.

އިނގިރޭސި ކޯޗުކަމަށް އެލާޑީސްއާއެކު އިންޓަވިއުކޮށްފައިވަނީ ސްޓިވް ބުރޫސް އެވެ. އިނގިރޭސި ކޯޗުކަން ހުސްވީ ޔޫރޯގެ ދެ ވަނަ ބުރުން އެ ގައުމު ކެޓުމުން ކޯޗުކަމުން ރޯއި ހޮޖްސަން އިސްތިއުފާދިނުމުންނެވެ.