ރާއްޖެ ކުޅިވަރު

ނިއު އަށް ކޮސޯވޯ ފޯވަޑެއް

ނިއުރޭޑިއަންޓް ވަރުގަދަ ކުރުމަށް ކޮސޯވޯ ފޯވަޑެއް ގެނެސްފި އެވެ.

ޔޫގޯސްލާވިޔާ ލީގުގައި ކުޅުނު މި ފޯވަޑް އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ފެނިގެންނުދާނެ އެވެ. އެއީ އޭނާ އަދި ޓީމުގައި ރަޖިސްޓްރީ ނުކުރާތީ އެވެ.

އަދިތް ސަލީހީ ކިޔާ މި ކުޅުންތެރިޔާ އަކީ އުމުރުން މިހާރު 29 އަހަރުގެ ކުޅުންތެރިއެކެވެ.

ބަލްގޭރިޔާގެ ކޯޗު ޔޮރްދާން ސްޓޮއިކޯފް އިވަނޯފްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ނިއުގައި މިހާރު ވެސް ބިދޭސީ ތިން ކުޅުންތެރިން އެބަތިއްބެވެ. އެއީ ދެ ޑިފެންޑަރުންނާއި ގޯލްކީޕަރެކެވެ.

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ނިއު އޮތީ މިވަގުތު 10 ޕޮއިންޓާއެކު ހަ ވަނާގަ އެވެ.