ލިވަޕޫލްގެ މިޑްފީލްޑަރު ޖޯ އަލެން ސްޓޯކް ސިޓީ އަށް ސޮއިކޮށްފި އެވެ.
ކޯޗު ޔާގެން ކްލޮޕް 26 އަހަރުގެ ކުޅުންތެރިޔާ ވިއްކާލީ 13.5 މިލިއަން ޕައުންޑަށެވެ. އަލެން އަކީ 2012 ވަނަ އަހަރު ލިވަޕޫލްގެ ކުރީގެ ކޯޗު ބްރެންޑަން ރޮޖާސް 15 މިލިއަން ޕައުންޑަށް ގަތް ކުޅުންތެރުއެކެވެ.
މި ފަަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޑްރީމް ޓީމުގައި ވެސް ހިމެނުނު ވޭލްސްގެ އަލެން ލިވަޕޫލުން ދޫކޮށްލީ އޭނާގެ ބަދަލުގައި އެހެން ކުޅުންތެރިންތަކެއް ހޯދައިފަ އެވެ.
ކޯޗު ކްލޮޕް ވަނީ ބައެއް ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު މަދުވާނެ ކަމުގެ އިޝާާރާތެއް ދީފަ އެވެ. އަދި ފުރަތަމަ 11އިން ޖާގަ ނުލިބޭނަމަ ޓީމުގައި ތިބުމަށްވުރެ މުހިންމީ އެހެން ކުލަބަކަށް ދިއުން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
އަލެން ބުނީ ސްޓޯކް ސިޓީ އަށް ފަސް އަހަރުގެ އެގްރީމަންޓެއްގައި ސޮއިކުރުމަކީ އޭނާ އަށް މާއުނދަގޫ ކަމަކަށްނުވި ކަމަށާއި ކުލަބާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
އާ ސީޒަނަށް ލިވަޕޫލުން ވަނީ ޖޯއަލެން އާއި ޑިފެންޑަރު ކޯލޯ ޓޯރޭ އާއި މާޓިން ސްކާޓެލް ވެސް ވިއްކާލައިފަ އެވެ. ފޯވަޑް މާރިއޯ ބަލޮޓެއްލީ ވިއްކާލަން ނިންމައި މިހާރު އޭނާ އަށް ޕްރެކްޓިސް ކުރުމުގެ ދީފައިވަނީ ޔޫތު ޓީމާއެކުގަ އެވެ. މީގެ އިތުރުން ފޯވަޑް ކްރިސްޓިއަން ބެންޓެކޭ އާއި މިޑްފީލްޑަރު ލޫކަސް ވެސް ވިއްކާލަން ލިވަޕޫލުން ދަނީ މަސައްކަތް ކުރަމުންނެވެ.
ޓީމަށް ގެނެސްފައިވަނީ ޑިފެންޑަރު ކްލާވަން އާއި މަޓިޕް އަދި ކީޕަރު ލޮރިސް ކާރިއަސް އާއި މިޑްފީލްޑަރު ވައިނަލްޑަމެވެ.