ރާއްޖެ ކުޅިވަރު

ބަނގްލަދޭޝް ގައުމީ ޓީމު ރާއްޖެ އަންނަނީ

އެކުވެރިކަމުގެ މެޗެއް ކުޅެން ބަނގަލްދޭޝްގެ ގައުމީ ފުޓްބޯޅަ ޓީމު ރާއްޖެ އަންނަން މަސައްކަތް ކުރަމުންދާ ކަމަށް އެ ގައުމުން ބުނެފި އެވެ.

ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ގާޒީ ސަލާހުއްދީންއާ ހަވާލާދީ ބަނގްލަދޭޝްގެ ގައުމީ ޓީމު ކޮމިޓީގެ ޗެއާމަން ގާޒީ ނަބީލް ބުނެފައިވަނީ ރާއްޖެއާ ދެކޮޅަށް މާލޭގައި މެޗު ކުޅެން ގަސްތުކުރަނީ އަންނަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހު ކަމަށެވެ. އަދި މެޗު ކުޅެން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

މި މެޗަކީ އޭޝިއަން ކަޕް ޕްލޭއޯފްގައި ބޫޓާނާ ދެކޮޅަށް ކުޅެން ތައްޔާރުވާން ކުޅޭ މެޗެކެވެ.

މެޗުގެ ކުރިން އޮގަސްޓް 21ގައި ބަނގްލަދޭޝް ޓީމު ކޭމްޕް ކުރާގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. ބޫޓާދާ ދެކޮޅަށް އެގައުމު ކުޅޭނީ ސެޕްޓެމްބަރު މަހުގެ ހަޔެއްގަ އެވެ.

އޭޝިއަން ކަޕް ޕްލޭއޯފްގައި ރާއްޖެ ވާދަކުރާނީ ލާއޯސްއާ އެވެ. ފުރަތަމަ މެޗު ކުޅޭނީ ސެޕްޓެމްބަރު ހަޔެއްގައި މާލޭގަ އެވެ. ރަށުން ބޭރުގައި ކުޅޭނީ އޮކްޓުބަރު މަހުގެ 11ގަ އެވެ.

މި މެޗަށް ދެ ގައުމު ތައްޔާރުވާއިރު ދެ ގައުމުން ވެސް ވަނީ ކޯޗުން ބަދަލުކޮށްފަ އެވެ. ބަނގްލަދޭޝްއިން ބެލްޖިއަމުގެ ކޯޗަކު ހަމަޖެއްސިއިރު ރާއްޖޭގެ ކޯޗަކަށް ހަމަޖައްސާފައިވަނީ އޮސްޓްރޭލިޔާގެ ކުރީގެ ޑިފެންޑަރު ޑަރެން ސްޓެވާޓް އެވެ.