ހަބަރު

ތާޒާ ފެންފުޅިން މައްސަލަތަކެއް ފެންމަތިވެއްޖެ

އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްއިން އުފައްދާ ތާޒާ ފެނުގެ ބައެއް ފުޅިތަކުގައި ފުސްކަމެއް ހުރުމުން، އެފަދަ ފުޅިތައް ބާޒާރުން ނެގުމުގެ މަސައްކަތް އެ ކުންފުންޏާއި ފުންޑް އެންޑް ޑްތަގް އޮތޯރިޓީ އިން ގުޅިގެން ފަށައިފި އެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ބުނީ، ބައެއް ފެން ފުޅިތަކުގައި ފުސްކަމެއް ހުންނަކަން ފާހަގަވެފައި ވަނީ، 1.5 ލީޓަރުގެ ފެންފުޅިއާއި 500 މިލިލީޓަރު އަދި 330 މިލިލީޓަރުގެ ފެންފުޅިންތަކުން ކަމަށެވެ. ފުޑް އެންޑް ޑްރަގް އޮތީރިޓީ އިން ބުނީ ބައެއް ފުޅިތައް ފުސްވެފައި ހުންނަކަން ފާހަގަވުމާ އެކު އެ ގޮތަށް ހުރި ފުޅި ނުވިއްކުމަށް މިހާރު ވަނީ އަންގައިފަ އެވެ.

އެމްއެފްޑީއޭ އިން ބުނީ އެ މައްސަލަ ދިމާވީ ފުޅިތައް އުފެއްދުމުގެ ތެރޭގައި ދިމާވި މައްސަލައަކުން ކަމަށެވެ.

މީގެއިތުރުން ބައެއް ފުޅިތަކުގައި ބެޗް ކޯޑާއި އުފެއްދި ތާރީހު އެނގެން ނެތް ކަމަށް ވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެ އެވެ. އެ ފުޅިތައް ވެސް ބާޒާރުން ނެގުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.