ބޭރު ކުޅިވަރު

އެފްއޭކަޕުގައި ހަތަރުވަނަ ކުޅުންތެރިއަކު ބަދަލުކުރަން ހުއްދަދީފި

އިނގިރޭސި އެފްއޭކަޕުގައި ހަތަރު ވަނަ ކުޅުންތެރިއަކު ބަދަލު ކުރަން އިންޓަނޭޝަނަލް ފުޓްބޯޅަ އެސޯސިއޭޝަނުން ހުއްދަދީފި އެވެ.

މިހުއްދައާއެކު ކުރިއަށް އޮތް ސީޒަނުން ފެށިގެން މި ގަވާއިދަށް އަމަލުކުރަން ފަށާނެ އެވެ. ނަމަވެސް ހަތަރު ވަނަ ކުޅުންތެރިއަކު ބަދަލު ކުރެވޭނީ މުބާރާތުގެ ކުއާޓާ ފައިނަލާ ހިސާބުންނެވެ. އެއީވެސް ނަތީޖާނެރެން އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހިއްޖެނަމަ އެވެ.

މިދިޔަ މަހު ކުރީކޮޅު ނިމުނު ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓްބޯޅަ މުބާރާތް ކޮޕާ އެމެރިކާގައި ވަނީ ހަތަރު ވަނަ ކުޅުންތެރިއަކު ބަދަލުކޮށްފަ އެވެ.

އިނގިރޭސި އެފްއޭއިން ބުނީ އެފްއޭކަޕުގައި މބަދަލު ޓެސްޓްކުރަން ނިންމީ މިއީ ކުޅުންތެރިންގެ ސަލާމަަތަށާއި މެޗުތަކުގެ ފޯރި ރަނގަޅު ކުރުމަށް ބޭނުންވާ ކަމެއްކަމަށް ގަބޫލު ކުރެވިގެން ކަމަށެވެ.

އިނގިރޭސި އެފްއޭއިން ވަނީ ކުއާޓާ ފައިނަލުން ފެށިގެން 90 ވަނަ މިނިޓްގެ ތެރޭގައި މެޗެއް އެއްވަރުވެއްޖެނަމަ އެމެޗު އަލުން ނުކުޅެ ނަތިޖާ ނެރެން އިތުރު ވަގުތު ކުޅެން ވެސް ހަމަޖައްސައިފަ އެވެ.