ރާއްޖެ ކުޅިވަރު

ނިއު އަށް ޖަޕާން ކީޕަރެއް

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ޖަޕާން ކީޕަރެއް ގެނެސްފި އެވެ.

ތައިލެންޑް ލީގުގައި ވެސް ކުޅެފައިވާ ޖަޕާން ކީޕަރު ނިއު އަށް މިގެނައީ އެ ޓީމުގެ ނައިޖީރިއާ ކީޕަރު އަބޫ ސުލައިމާން ފޮނުވާލައިފަ އެވެ.

މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އައި ސުލައިމާން ފޮނުވާލަން ނިންމީ ނިއު އަށް ކޮސޮވޯގެ ފޯވަޑަކު ގެނައުމުންނެވެ. އޭނާ ރަޖިސްޓްރީކުރެވެން އޮތީ ޓީމުގައި މިހާރުތިބި ބިދޭސީ ތިން ކުޅުންތެރިންގެ ތެރެއިން އެކަކު ބާކީކޮށްގެންނެވެ.

އެފްއޭއެމުގެ ގަވާއިދު ބުނާގޮތުން އެއްފަހަރާ ބިދޭސީ ހަތަރު ކުޅުންތެރިން ކުޅޭނަމަ އެކަކު ވާންޖެހޭނީ އޭޝިޔާގެ ކުޅުންތެރިއަކަށެވެ. ނިއުގައި މިހާރު ތިބީ ނައިޖީރިއާ ޑިފެންޑަރަކާއި ބަލްގޭރިޔާގެ ޑިފެންޑަރަކާއި ކޮސޯވޯގެ ފޯވަޑެކެވެ.

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ނިއު މިވަގުތު އޮތީ 13 ޕޮއިންޓާއެކު ހަތަރު ވަނާގަ އެވެ.