ބޭރު ކުޅިވަރު

ލިވަޕޫލް ކީޕަރު 10 ހަފުތާ އަށް ކުޅުމާ ދުރަށް

ކީޕަރު ލޮރިސް ކާރިއަސްގެ އަތް ބިނދިފައިވާ ކަމަށާއި އޭނާ އަށް ދެން ކުޅެވޭނީ 10 ހަފުތާ ފަހުން ކަމަށް ޗެލްސީން ބުނެފި އެވެ.

ކޯޗު ޔާގެން ކްލޮޕް ބުނީ އެމެރިކާގައި ފަރިތަކުރަމުންދާ ޓީމުގެ ކީޕަރުގެ އަތް ބިނދުނީ ޗެލްސީއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ކަމަަށެވެ. މިހެންވެ 21 އަހަރުގެ ކީޕަރު މިރޭ އެނބުރި ގައުމަށްދާނެ ކަމަށެވެ.

ޖުމުލަ 4.7 މިލިއަން ޕައުންޑަށް ޖަރުމަނުގެ ކީޕަރު ކާރިއަސް ލިވަޕޫލާ ގުޅުނީ މި ސީޒަނުގަ އެވެ.

އޭނާ އަށް ޕްރެމިއާ ލީގުގައި ލިވަޕޫލް ކުޅެން ޖެހޭ ފުރަތަމަ އަށް މެޗު ގެއްލޭނެ އެވެ. އޭގެ ތެރޭގައި އެންމެ ވަރުގަދަ ޓީމުތައް ކަމަށްވާ އާސެނަލް އާއި ޗެލްސީ އަދި މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމާއި ލެސްޓާ ސިޓީއާ ދެކޮޅަށް ވެސް ނުކުޅެވޭނެ އެވެ.

ލިވަޕޫލްގެ އެއްވަނަ ކީޕަރަކީ ބެލްޖިއަމްގެ ސިމޯން މިގްނޮލެޓެވެ.