ބޭރު ކުޅިވަރު

ވެންގާ އާސެނަލްއާ ވަކިވަނީތަ؟

މި ހަފުތާގައި ފަށާ އިނގިރޭސި ޕްރެމިއާ ލީގުގެ އާ ސީޒަނަކީ އާސެނަލްގައި އޭނާ ހުންނާނެ ފަހު ސީޒަނަށް ވެދާނެ ކަމަށް ފައިތުވެދިޔަ 20 އަހަރު ކޯޗުކަމުގައި ހުރި އާސެން ވެންގާ ބުނެފި އެވެ.

އޭނާ ބުނީ އާސެނަލްގައި އޭނާ އަށް ފުރުސަތު އޮންނާނީ މި ސީޒަނުގައި ކާމިޔާބު ހޯދައިގެން ކަމަށް އިހުސާސްކުރެވެން ފަށައިފި ކަމަށެވެ.

1996 ވަނަ އަހަރު އާސެނަލްގެ ކޯޗުކަމާ ހަވާލުވި ވެންގާ އަށް މިދިޔަ 10 ވަރަށް އަހަރު ތެރޭގައި ލިބުނީ ދެ އެފްއޭކަޕެވެ. މިހެންވެ އޭނާ އަށް ވަނީ ކޯޗުންނާއި ސަޕޯޓަރުންގެ ފާޑުކިއުން އަމާޒުވެފަ އެވެ.

"އެއްވެސް މީހަކަށް ނޭނގޭނެ ވާނެ ގޮތެއް. އަހަންނަށް އިހުސާސް ކުރެވެނީ އަހަރެންގެ ކެރިއާ ނިމިދާނެ ކަމަށް. އެކަން ބިނާވާނީ މި ސީޒަނުގެ ނަތީޖާ އަށް. އަހަރެން ސީޒަން ނިމެންދެން އެއްވެސް އެއްޗެއް ނުބުނާނަން ކުރިމަގާމެދު،" ވެންގާ ބުންޏެވެ.

މި ސީޒަނަށް ފަހު އިނގިރޭސި ގައުމީ ޓީމާ ހަވާލުވާނީ ވެންގާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެމުން އޭނާ ބުނީ އަބަދުވެސް އޭނާ ބަލަނީ އެވަގުތެއްގައި ކުރިއަށްދާ ކޮންޓްެރެކްޓަށް އިހްތިރާމް ކުރުމަށް ކަމަށެވެ. އަދި އަބަދުވެސް އިސްކަންދޭނީ އާސެނަލް އަށް ކަމަށެވެ.

ވެންގާ މި ގޮތަށް ވާހަކަ ދެއްކިއިރު މި ސީޒަނަކީ އިނގިރޭސި ލީގުގައި ކާމިޔާބު ހޯދަން އުނދަގޫ ސީޒަނަށްވާނެ އެވެ. މޮޅެތި ކޯޗުންނާއެކު މެންޗެސްޓާގެ ދެ ޓީމާއި ލިވަޕޫލާއި ޗެލްސީ އަދި ޓޮޓެންހަމާއި ޗެމްޕިއަން ލެސްޓާ ސިޓީ ވަނީ ކުރިއަށްވުރެ ވަރުގަދަކޮށްފަ އެވެ.