ވިޔަފާރި

"އަހަރު ދުވަހުގެ ތެރޭ ތިލަފުއްޓަށް ބޮޑު ބަދަލެއް އަންނާނެ"

0%
0%
0%
  • މައި މަގު ހެދޭނެ
  • އާ ބިން ތަކެއް ދޫކުރެވޭނެ
  • ވިޔަފާރިވެރިން ދެކޭ ގޮތް ބަދަލުވެއްޖެ
ތިލަފުށީ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު "އަވަސް" އަށް މިއަދު އިންޓަވިއު ދެއްވަނީ. -- އަވަސް ފޮޓޯ: އަހުމަދު ޝައްފާފު

ކުރިއަށް އޮތް ހަ މަހާއި އެއް އަހަރު ދުވަހުގެތެރޭ ތިލަފުއްޓަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ތިލަފުށީ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނާސިފު ވިދާޅުވެއްޖެ އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި މެނޭޖިން ޑިރެކްޓަރު ނާސިފު ވިދާޅުވީ ކުރިއަށް އޮތް ހަ މަސް ދުވަހާއި އެއް އަހަރު ތެރޭގައި ތިލަފުއްޓަށް ބޮޑު ބަދަލެއް އަންނާނެކަމަށާއި، މިގޮތުން އަންނާނެ އެންމެ ބޮޑު އެއް ބަދަލަކީ ވިޔަފާވެރިންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވުން ކަމަށެވެ.

"މޭޖާ ބޮޑެތި ކަންތައްތަކެއް ހަ މަސް ދުވަހުގެ ތެރޭގައި ފެންނާނެ. މީގެތެރޭގައި ތިލަފުށި ހައްކަން ނިންމާ ނިންމުމާއި މިހާރު ކުއްޔަށް ދޫކުރާ ސަރަހައްދު އިތުރުން ބަނދަރު. އެހެންވީމަ ބައްލަވާ ކުރިއަށް އޮތް ހަމާއި އެއް އަހަރު ތޭގައި ބަދަލު އަންނާނެ،" ނާސިފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އިންޑަސްޓްރިއަލް ޒޯނަށް ދެވެން އޮންނަ މައިމަގު ހަދައި ނިމޭނެ ކަމަށެވެ.

"އާ ސަރަހައްދަށް ދާން އޮންނަ މަގު ތަަރައްގީ ވެގެން ދިއުމުން ވިޔަފާރިވެރިންނަށް ފަސޭހަ ފެނިގެންދާނެ. އެތަންތަނުން ބިން ނަންގަވާފައި ތިއްބެވި ބޭފުޅުންނަށްވެސް. މި މުއްދަތުގައި އިގްތިސާދަށް ލުއިކަމެއް ގެނެސް ދެވޭނެ،" ނާސިފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ތިލަފުއްޓާމެދު ވިޔަފާރިވެރިން ދެކޭ ގޮތް ވަރަށް ބޮޑުތަން ބަދަލު ވެގެން ގޮސްފައިވާ ކަމަށެވެ.

"ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ކުރެވުނު މަސައްކަތްތަކުން ތިލަފުއްޓާމެދު ވިޔަފާރިވެރިން ދެކޭ ގޮތްވަނީ ބަދަލުވެފައި. އެހެން މިތަންނަވާ ސަބަބަކީ ވިޔަފާރިވެރިންނަށް ވީހާ ވެސް ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދީގެން ކުރިއަށް ގެންދިއުން. މިއީ ސަރުކާރުގެ ވެސް ވިސްނުން ފުޅަނީ މިއީ. އަޅުގަނޑުމެންގެ މަސައްކަތްވެސް ބައްޓަށް ވެފައި ވަނީ މިގޮތަށް،" ނާސިފު ވިދާޅުވި އެވެ.

ތިލަފުށި ކޯޕަރޭޝަނުން ވަނީ ތިލަފުށީގައި ވިޔަފާރިވެރިންނަށް ދޭ ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ސިއްހީ ފަރުވާދޭނެ ކްލިނިކެއް ގާއިމް ކުރުމަށްވެސް ނިންމާފަ އެވެ.

އެމްޑީ ނާސިފު ވިދާޅުވީ މި ކްލިނިކުގެ ސަބަބުން އެ ރަށުގައި މަސައްކަތް ކުރާ 3،000 ބިދޭސީންނާއި ކުންފުނިތަކަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

"މި ތަން ހަދާނީ ކުދި ޓެސްޓްތައް ހެދޭ ފެންވަރަށް. އެތަން ހިންގާނީ އަމިއްލަ ބަޔަކު ހޯދައިގެން،" ނާސިފު ވިދާޅުވި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345