ހުސްވި ސީޒަނުގެ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ޗެމްޕިއަން ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ހޮވައިފި އެވެ.
އޭނާ އަށް މި މަގާމު ހަވާލުކުރީ މި މުބާރާތުގެ ގުރުނަގަން މިރޭ ބޭއްވި ހާއްސަ ހަފުލާގަ އެވެ.
އެވޯޑަށް ރޮނާލްޑޯއާ އެންމެ ގާތުން ވާދަކުރީ އޭނާއާއެކު ރެއާލް އަށް ކުޅޭ ވޭލްސްގެ މިޑްފީލްޑްރު ގެރެތް ބޭލް އެވެ. ތިން ވަނަ ލިބުނީ ފައިނަލްގައި ބަލިވި އެތްލެޓިކޯ މެޑްރިޑުގެ ފޯވަޑް އެންޓޯނިއޯ ގްރިއެޒްމަން އަށެވެ. އޭނާ އަކީ ނިމިދިޔަ ޔޫރޯގެ އެންމެ މޮޅު ކުޅުންތެރިޔާ އައި އާއި އެންމެ ގިނަ ގޯލު ވެސް ޖެހި ކުޅުންތެރިޔާ އެވެ.
ސަޕޯޓަރުން ވޯޓުލައިގެން ހޮވާ ޔޫރަޕުގެ މުބާރާތްތަކުގެ އެންމެ މޮޅު ގޯލު ޖެހި ކުޅުންތެރިއަކީ ލަޔޮނަލް މެސީ އެވެ. އެއްވަނަ އަށް ދިޔައީ ގްރޫޕް ސްޓޭޖުގައި ރޯމާ ކޮޅަށް އޭނާ ޖެހި ގޯލެވެ.