އެކްސިޑެންޓް

ހުޅުމާލޭ އެކްސިޑެންޓްގައި ރޭ ޒަހަމްވި މީހާ މަރުވެއްޖެ

Sep 4, 2016
1

ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓްގައި ޒަހަމްވި އަންހެން މީހާ މަރުވެއްޖެ އެވެ. ރޭ އެކްސިޑެންޓުގައި ޒަހަމްވެ ފަރުވާ ދެމުން ދަނިކޮށް މަރުވީީ، ރ. ރަސްގެތީމު، ފާތުމަތު ޝިއުނާ އެވެ. އޭނާ މަރުވިކަން އައިޖީއެމްއެޗުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އޭނާގެ މަރާ ގުޅޭ ތަފުސީލުތަކެއް ނުދެ އެވެ.

އުމުުރުން 28 އަހަރުގެ އެ ޒުވާނާ މަރުވެފައިވަނީ މިއަދު ހެނދުނު އެވެ. އޭނާ މަރުވީ ރޭގެ އެކްސިޑެންޓަށްފަހު ކޯމާއަކަށް ގޮސް ހޭނާރާ އޮވެއެވެ. މަރުވުމާ ހަމައަށް އޭނާގެ ނޭވާ ލައްވަމުން ގެންދިޔައީ މެޝިނުގެ އެހީގަ އެވެ.

ރޭގެ އެކްސިޑެންޓް ހިނގާފައި ވަނީ 11:30 އެހާކަންހާއިރު ހުޅުމާލޭގައި އާންމުކޮށް އެކްސިޑެންޓްތައް ހިނގާ ނިރޮޅު މަގު އުތުރުން ދެކުނަށް ސައިކަލު ދުއްވަމުން ދަނިކޮށް ފަހަތުން އައި ކާރެއް ސައިކަލުގައި ޖެހިގެނެވެ. އެކްސިޑެންޓް ހިނގިއިރު ޝިއުނާ އިނީ ސައިކަލުގެ ފަހަތު އެވެ. ސައިކަލު ދުއްވަން އިނީ 35 އަހަރުގެ ފިރިހެން މީހާ، މުހައްމަދު ޝާހިދެވެ. ޝާހިދަކީ އިސްލާމިކް ޔުނިވާސިޓީގެ ލެކްޗަރާއެކެވެ. އެ ދެ މީހުން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އައިޖީއެމްއެޗަށް ބަދަލުކުރީ ރޭ ފަތިހު އެވެ.

ރޭގެ ސައިކަލު އެކްސިޑެންޓަށްފަހު ޝިއުނާ މަރުވި އިރު އެ ހާދިސާ ހިނގި އިރު ސައިކަލް ދުއްވަން ޝާހިދަށް ވެސް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާއަށް ވެސް ގިނަ ޒަހަމްތަކެއް ލިބިފައިވާއިރު ހާލު ސީރިއަސް އެވެ. އެކްސިޑެންޓުވި ކާރުގައި އިން މީހާއަށް އަނިޔާވިކަން ސާފެއް ނުވެއެވެ.