ހަބަރު

ހުޅުމާލެ އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ މަރުވެއްޖެ

Jul 21, 2018
6

ހުޅުމާލޭގައި މިރޭ ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާ ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

އުމުރުން 18 އަހަރުގެ މުހައްމަދު ޖަޒްލާންއަށް ސީރިއަސް އަނިޔާތަކެއް ލިބުނީ، ހުޅުމާލޭގެ ހަދަމުންދާ އިމާރާތެއްގެ ޑީވޯޓާ ހޮޅި މަގުހުރަސްކޮށް ގެންދަން ހަދާފައިވާ ބަމްޕަރެއްގެ މަތިން ސައިކަލް ކަހާލައިގެން ވެއްޓި ލިބުނު އަނިޔާތަކުގަ އެވެ. އޭނާ މަރުވީ ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. މިރޭ އިރާކޮޅު ހިނގި އެ ހާދިސާގައި ޖަޒްލާންއަށް އެންމެ ފުރަތަމަ ފަރުވާދިނީ ހުޅުމާލެ ހޮސްޕިޓަލްގަ އެވެ. އެހެން ނަމަވެސް ހާލު ސީރިއަސްކަމުން އާއިލާގެ އެދުމަށް އޭނާ ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.

ޖަޒްލާން އަކީ އެއާޕޯޓްގެ ޑިއުޓީފްރީގައި ވަޒީފާ އަދާކުރަމުން އައި ޒުވާނެކެވެ. އޭނާ އަކީ ސައިކަލް ރޭސްޖެހުމުގައި ވެސް އުޅޭ ޒުވާނެކެވެ.