ބޭރު ކުޅިވަރު

ޔޫއޭފާގެ އިންތިހާބު: އިނގިރޭސީންގެ ތާއީދު ވޭންޕްރާގަށް

އަންނަ ހަފުތާގައި ޔޫރަޕުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ރައީސަކު ހޮވަން ބާއްވާ އިންތިހާބުގައި ނެދަލޭންޑްސްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މައިކަލް ވެންޕްރާގަށް ތާއީދު ކުރަން އިނގިރޭސި އެފްއޭއިން ނިންމައިފި އެވެ.

2008 ވަނަ އަހަރުން ފެށިގެން ނެދަލޭންޑްސްގެ އެފްއޭ ހިންގަވަމުން އަންނަ ވޭންޕްރާގަކީ ޔުއޭފާގެ އެއް ނާއިބް ރައީސްވެސްމެ އެވެ. ޔޫއޭފާ އަށް އަލަށް ރައީސަކލު މި ހޮވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި ފާއިތުވެދިޔަ 12 އަހަރު މަގާމުގައި ހުރި ފްރާންސްގެ ކުރީގެ ކެޕްޓަން މިޝޭލް ޕްލެޓިނީ ފީފާއިން ސަސްޕެންޑްކުރުމުންނެވެ.

ރައީސް ކަމަށް ޕްރާގާ ވާދަކުރާނީ ސްލޮވީނިއާ އެފްއޭގެ ރައީސް އެލެގްޒެންޑާ ކެފެރިން އެވެ.

އިނގިރޭސި އެފްއޭގެ ރައީސް ޑޭވިޑް ޖިލް ބުނީ ޕްރާގަކީ ޔޫއޭފާ ހަރުދަނާކޮށް، ޔޫރަޕުގެ ފުޓްބޯޅަ ކުރިއަރުވައިދޭނެ ރަނގަޅު ސިކުނޑިއެއް ކަމަށެވެ.

"ހުރިހާ ކަމަކާއެކު އޭނާ ވަނީ އަމިއްލަ ގައުމުގަ އާއި ޔޫރަޕުގައި ވެސް ޔޫއޭފާ އަށް ބޭނުންވަނީ އޭނާކަން ސާބިތުކޮށްދީފައި،" ޖިލް ބުންޏެވެ.

އިނގިރޭސިން ތާއީދުކުރާނެ ކެނޑިޑޭޓް އިއުލާނުމިކުރީ އިންތިހާބުގައި ވާދަނުކުރަން ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އެންޖެލް މާރިއާވިލާ ނިންމުމުންނެވެ.