ވިޔަފާރި

އުރީދޫ ސްމާޓް ޓެކްނޮލޮޖީ މޮބައިލް ވޯލްޑް ކޮންގްރެސްގައި ދައްކާލަނީ

Feb 26, 2015

އުރީދޫން ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަސްޓަމަރުންގެ ދިރިއުޅުން ފުރިހަމަކޮށްދޭ ގިނަ ހިދުމަތްތަކެއް މި އަހަރުގެ ޖީއެސްއެމްއޭ މޯބައިލް ވޯލްޑް ކޮންގްރެސްގައި ދައްކާލާނެ ކަމަށެވެ. މިއަހަރުގެ ކޮންގްރެސްގެ ޝިޔާރަކީ "ދަ އެޖް އޮފް އިނޮވޭޝަން" އެވެ. މޮބައިލް ކޮންގްރެސް ބާއްވަނީ އަންނަ މަހުގެ 2-5 އަށް ސްޕެއިންގެ ބާސެލޯނާގަ އެވެ.

އުރީދޫން ބުނީ މި އަހަރުގެ ކޮންގްރެސްގައި ކަސްޓަމަރުންގެ ޑިޖިޓަލް ލައިފްސްޓައިލް އަށް އައު އީޖާދުތަކާއި އައު ވިސްނުންތައް ބޭނުންކޮށްގެން އެހީތެރިވެދޭގޮތް ދައްކާލާނެ ކަމަށެވެ.

އުރީދޫ ގްރޫޕްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. ނާސިރު މަރަފިހް ވިދާޅުވީ އެ ކުންފުނީގެ ސްމާޓް ސޮލިއުޝަންގެ ސަބަބުން ކަސްޓަމަރުންނަށް ދިރިއުޅުމުގެ ފުރިހަމަ ބަދަލެއް ގެނެސްދިނުމަށް އެހީތެރިވެދޭނެ ކަމަށެވެ.

" މި ހަކަތަ ބޭނުންކުރާ މިންވަރު ދައްކޮށްދީ، އޮޓޯމޭޝަން އިތުރުކޮށްދީ ގިނަ ބަޔަކަށް އިތުރަށް ހަލުވިކަންމަތީ މައުލޫމާތުގެ ދުނިޔެއަށާއި ތައުލީމީ މައުލޫމާތު ލިބިގެންދާނެ. އަޅުގަނޑުމެންގެ ބޮޑެތި އަދި ހަލުވި ނެޓްވޯކުތައް ބޭނުންކޮށްގެން، ގަބޫލުކުރަނީ އުރީދޫއަށް މިފަދަ ހިދުމަތްތައް އެކިކަންކޮޅުތަކުގައި ތަޢާރަފްކުރުމުގައި ލީޑަރެއްގެ ރޯލެއް ކުޅެވޭނެކަމަށް އަދި އެންމެ ފުރަތަމަ މި ހިދުމަތްތައް ގެނެސްދިނުމަށް ވައުދުވަން،" މަރަފިހް ވިދާޅުވި އެވެ.

މޮބައިލް ވޯލްޑް ކޮންގްރެސް އަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ސްމާޓް ސިޓީ ޓެކްނޮލޮޖީ ބޭނުންކުރާތައް ފެނިގެންދާނެ އެވެ. މީގެ ތެރޭގައި ސްމާޓް މީޓަރިން މެނޭޖުކޮށް ދޭ ގިނަ އަދަދެއްގެ ކޮންޓްރޯލު ސެންޓަރު ސޮލިއުޝަންތަކާއި ގޭޓަޑް ކޮމިއުނިޓީ އެކްސެސް ކޮންޓްރޯލާއި އަދި ސީސީޓީވީ ސަވައެލަންސް ހިދުމަތްތައް ހިމެނޭ ކަމަށެވެ.

އުރީދޫ އިން ދަނީ އަމަލީގޮތުން މިފަދަ ބައެއް ހިދުމަތްތައް އެކިކަންކޮޅުތަކުގައި ތައާރަފްކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ގަތަރުގެ ސްމާޓް ސިޓީސް ކައުންސިލްގެ ލީޑް ޕާޓްނާ އަކަށް ދާދި ފަހުން އުރީދޫވަނީ ވެފަ އެވެ. އަދި ދެކުނުއިރުމަތީ އޭޝިޔާގައި ސްމާޓް ސިޓީތައް ތައާރަފްކުރުމުގެ ބޮޑު މަޝްވަރާ ބައްދަލުވުމެއް އިންޑޮނޭޝިޔާގެ ޖަކާޓާގައި ބޭއްވުމަށް މިހާރުދަނީ މަސައްކަތް ކުރަމުންނެވެ.

" ސްމާޓް ލާނިން ސެކްޝަނުން ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ސްމާޓް ލާނިންގ ސޮލިއުޝަން ތަޖުރިބާ ކުރެވޭނެ އެވެ. އަދި އަންނަން އޮތް ޖީލުތަކަށް މޯބައިލް ޑިވައިސް މެނޭޖްމަންޓް ހިދުމަތްތައް ފެނިގެންދާނެ، އެހިދުމަތް މެދުވެރިކޮށް ސްކޫލުތަކަށް ދަރިވަރުނަށާއި ޓީޗަރުންނަށް އެ ފަރާތްތަކުގެ ޑިވައިސްތައް މެދުވެރިކޮށް މުއާމަލާތްކުރެވޭނެ އެވެ. އުރީދޫގެ ކުންފުނިތައްވަނީ މޯބައިލް އެޑިއުކޭޝަން ގެނެސްދިނުމުގައި މުހިންމު ހިއްސާއެއް އަދާކޮށްފައެވެ. އެގޮތުން އުރީދޫއިން ފަލަސްތީނުގައި ދާދިފަހުންވަނީ ޒުވާން ކުދިންނަށް އިނގިރޭސި ބަސްދަސްކޮށްދޭ ލާނިގް އިންގްލިޝްގެ މޯބައިލް ހިދުމަތެއް ތަޢާރަފްކޮށްފައެވެ،" އުރީދޫގެ ބަޔާނުގައިވެ އެވެ.

އުރީދޫން ބުނީ ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް 2022 ތައްޔާރުވުމުގެ ގޮތުން އުރީދޫ އިން ދަނީ ސްމާޓް ސްޓޭޑިއަމް ޓެކްނޮލޮޖީއެއް ވެސް އީޖާދުކުރަމުންނެވެ. ދުނިޔޭގެ އެކިކަންކޮޅު ތަކުން އަދި ދަނޑުގައި ތިބޭ މީހުންނަށް ކުޅިވަރާއި ބެހޭ އެކި މައުލޫމާތު ލިބިދޭ އިންޓަލިޖަންޓް ނެޓްވޯކު ސޮލިއުޝަންތައް އުރީދޫއިން ސްޓޯލްގައި ދައްކާލާނެ ކަމަށެވެ.