ވިޔަފާރި

ބީއެމްއެލް އިން ޑޮލަރު ވިއްކުން އެސްޓީއޯ ޓްރޭޑް ސެންޓަރު ބްރާންޗަށް

އަންނަ އާދީއްތަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރަށްދާ ދިވެހިންނަށް ޑޮލަރު ވިއްކުމަށް ހަމަޖެހިފައިވަނީ އެސްޓީއޯ ޓްރޭޑް ސެންޓަރަށް މިހާރު ބަދަލުކޮށްފައިވާ ބޭންކްގެ ބާޒާރު ބްރާންޗުން ކަމަށް ބެންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ބުނެފި އެވެ.

ބީއެމްއެލުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ، އާދީއްތަ ދުވަހުން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހަކުވެސް މެންދުރުފަހު 3:00 އިން އިން ފެށިގެން ހަވީރު 6:00 އަށް ޓްރޭޑް ސެންޓަރު ގްރައުންޑް ފްލޯގައި ހުންނަ ބާޒާރު ބްރާންޗުން ޑޮލަރު ވިއްކާނެ ކަމަށެވެ. އަދި އެގޮތަށް ކަނޑައަޅާފައިވަނީ، ކަސްޓަމަރުންނަށް ފަސޭހަގޮތަކަށް ޑޮލަރު ވިއްކުމުގެ ހިދުމަތް ދިނުމަށް ކަމަށާއި، ޑޮލަރު ވިއްކުމުގެ ހިދުމަތުގެ ސަބަބުން އެ ބްރާންޗަށް އެހެން ހިދުމަތް ހޯދަން އަންނަ ކަސްޓަމަރުންނަށް ވެސް ދަތިނުވާނެ ގޮތެއް ހެދުމަށް ކަމަށެވެ.

ބީއެމްއެލުން މިހާރު ޑޮލަރު ވިއްކަމުން އަންނަ، ސީޓްރެކްސް ބިލްޑިން ގައި ހުންނަ އެ ބޭންކުގެ ބްރާންޗް މަރާމާތަށްޓަކައި ވަނީ ބަންދުކޮށްފަ އެވެ. ސީޓްރެކްސް ބިލްޑިންގް ބާޒާރު ބްރާންޗް ހުރިތަން މަރާމާތަށް ބަންދު ކުރި ނަމަވެސް، އެތަނުގައި ބޭރުގައި ހުންނަ އޭޓީއެމްތަކުން ހިދުމަތް ލިބޭނެ އެވެ.