ވިޔަފާރި

"ބޭންކު ހެދީ ވާދަވެރިކަން ބޮޑުކޮށް، އިންޓަރެސްޓް ކުޑަ ކުރަން"

0%
0%
0%
  • ޓޫރިޒަމް ދާއިރާއަށް ނިކުތް އިރު އިންޓަރެސްޓް 22 ޕަސެންޓްގައި
  • މާލީ ދާއިރާއަށް ވާދަވެރިކަން ގެނައުމުގެ ބޮޑު އަޒުމުގައި
  • މިއީ އަފީފްގެ އެންމެ ބޮޑު ހުވަފެން ހަގީގަތަކަށް ވުން
ޗަމްޕާ ހުސެން އަފީފް މިއަދު އަވަސްގެ މުހައްމަދު އަފްރާހްއަށް އިންޓަވިއު ދެއްވަނީ: ބޭންކެއް ހުޅުވުމަކީ އަފީފްގެ ބޮޑު ހުވަފެނެއް. -- އަވަސް ފޮޓޯ: އަފްޝީން ނަސީރު

ރާއްޖޭގައި އިތުރު ބޭންކެއް ހެދުމުގެ މަގުސަދަކީ ބޭންކިން ދާއިރާގެ ވާދަވެރިކަން ބޮޑުކޮށް، އިންޓަރެސްޓް ރޭޓް ކުޑަ ކުރުމަށް ބާރު އަޅަން ކަމަށް ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް)ގެ އެއް ހިއްސާދާރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ، ޗަމްޕާ ހުސެއިން އަފީފު މިއަދު ވިދާޅުވެއްޖެ އެވެ.

"އަވަސް" އަށް ދެއްވި ހާއްސަނ އިންޓަވިއެއްގައި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗެއާމަން އަފީފު ވިދާޅުވީ ބޭންކެއް ހެދުމުގެ ވިސްނުމަކީ އަފީފްގެ ބޭބެ، މަޝްހޫރު ވިޔަފާރިވެރިޔާ، މުހައްމަދު މޫސާ (އުއްޗު) ގެ ވިސްނުމެއް ކަމަށެވެ. އަފީފް ވިދާޅުވީ އެންމެ ފުރަތަމަ ރިސޯޓް ހަދަން މަސައްކަތް ކުރެއްވި އިރު އޭރު ރާއްޖޭގައި އިންޓަރެސްޓް ރޭޓް އުޅެނީ ވަރަށް ބޮޑު ކަމަށާއި އެކަމުގެ ސަބަބުން ވިޔަފާރި ފުޅާ ކުރަން ލޯނު ނެގުން އޮތީ ދަތިކަމަކަށް ވެފައި ކަމަށެވެ. އަދި ބޭންކެއް ހެދުމުގެ ހުވަފެން އައީ، މި ދާއިރާއަށް ވާދަވެރިކަން ގެނެސްގެން ލޯނު ފަދަ ފައިނޭންސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ވިސްނުމުގައި ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ، ޗަމްޕާ ހުސެން އަފީފް: ބޭންކެއް ހުޅުވުމަކީ އަފީފްގެ ބޮޑު ހުވަފެނެއް. -- އަވަސް ފޮޓޯ: އަފްޝީން ނަސީރު

"ބޭބެ، މުހައްމަދު މޫސާ، އުއްޗު ބޭންކް އޮފް މޯލްޑިވްސް ހެދުމުގެ މާކުރީގައި ގެންގުޅުނު ހިޔާލެއް މިއީ. އަޅުގަނޑުމެން އެންމެ ފުރަތަމަ [ޓޫރިޒަމް] ވިޔަފާރިއަށް އައިރު ބޭންކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 21-22 ޕަސެންޓުގައި. އެހެންވެ މި ހިޔާލުއައީ. މި އަށް ކޮމްޕެޓިޝަނެއް ދީގެން ނޫނީ އަޅުގަނޑަށް އެނގޭ އިންޓްރެސްޓް ރޭޓް ކުޑަ ނުވާނެކަން،" އަފީފު ވިދާޅުވި އެވެ.

ސީބީއެމް ހަދާފައިވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި 200 އެއްހާ ބްރާންޗު ހިންގާ، ސްރީ ލަންކާގެ ކޮމާޝަލް ބޭންކްގެ 55 ޕަސެންޓް ހިއްސާ އާއި ސީބީއެމްގައި ޓްރީ ޓޮޕްގެ 45 ޕަސެންޓް ހިއްސާ އޮންނަ ގޮތަށެވެ. މި ބޭންކް ހުޅުވާފައިވަނީ ގާތްގަނޑަކަށް 150 މިލިއަން ރުފިޔާގެ ރައުސުލްމާލަކުންނެވެ.

އަފީފު ވިދާޅުވީ ބޭންކްތައް ގިނަވެ، ވާދަވެރިކަން ބޮޑުވާނަމަ އިންޓަރެސްޓް ރޭޓް ކުޑަ ކުރުމަށް އެހީއަކަށްވާނެ ކަމަށެވެ. އަދި ސީބީއެމްގެ މައިގަނޑު މަގުސަދަކީ ވެސް އެއީ ކަމަށް އަފީފު ވިދާޅުވި އެވެ.

ޗަމްޕާ ހުސެން އަފީފް މީގެ ކުރިން އަވަސްއަށް އިންޓަވިއުދެއްވަނީ. -- އަވަސް ފޮޓޯ: އަފްޝީން ނަސީރު

"އަޅުގަނޑަށް އެނގެނީ އެއް ބޭންކުން 11 ޕަސެންޓް ދީފައި، އެހެން ބޭންކެއް އެއަށް ވުރެ ދަށުން ދެންޏާ، ވިޔަފާރި ބޭނުންވާ ބޭންކުން އެއަށް ކުޑަ ކުރާނެކަން. މާކެޓުގެ ޑިމާންޑް އޮވެފައި، ނުދެވޭނެ ނަމަ ޖެހޭނީ އިންޓްރެސްޓް ރޭޓް ކުޑަ ކުރަން،" އަފީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭރުގެ ބޭންކެއް ރާއްޖެ އައުމުން މީގެން އެނގެނީ އިންވެސްޓާ ކޮންފިޑެންސް ކަމަށެވެ. އަދި

"މިގޮތަށް ބޭންކެއް އައުމުން މިއީ އިންވެސްޓާ ކޮންފިޑެންސް ނޫން އެހެން އެއްޗެއް ނޫން. އަނެއްކާ މި ބޭންކްގެ އެއް ޕާޓްނަރަކީ ސްރީލަންކާގެ އެއްވަނަ ބޭންކް ގާތްގަނޑަކަށް. ދުނިޔޭގައި އެންމެ ރަނޅަށް ރޭޓިންދޭ ފުރަތަމަ 1000 ބޭންކުގެ ތެރޭގައި ހިމެނޭ އެއް ބޭންކް. މިކަން ވާތާ 10 އަހަރު ވެއްޖެ،" އަފީފު ވިދާޅުވި އެވެ.

އަމީރު އަހުމަދު މަގުގައި ހުންނަ ހ. ފިލިގަސްދޮށުގޭގައި އޮފީސް ހުންނަ ސީބީއެމްއަކީ ހަ އަހަރުގެ ތެރޭގައި ރާއްޖޭގައި ހުޅުވި ހަވަނަ ބޭންކެވެ.

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް: މި ބޭންކްގެ އެއް ހިއްސާދާރަކީ ލަންކާގެ އެންމެ ވަރުގަދަ ބޭންކް ކޮމާޝަލް ބޭންކް އޮފް ސިލޯން. -- އަވަސް ފޮޓޯ: އަހުމަދު ޝުރާއު
2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އިސްމާއީލް

ކީއްކުރަންތަ ކުޑަ އިންޓްރެސްޓް ކިޔަނީ އިންޓްރެސްޓް ކަޑާލީއޭ ކިޔާނަމަ ގައިމު ކަމެއް ކުރެވުނު ކަމަށް ދޯވާނި އިސްލާމްދީން ބާރުއަޅަނީ އެކަންކަން ނުކޮށް ތަނަވަހުގެ އަހުލުވެރިން އެކަމަށް ބޭނުންވާ މީހުން ސަރުތަކަކާއެކު އެހީތެރިވުން

މުބްރިކް

މީއަނެއްކާ ހުވަފެނެއް ނޫންބާ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345