ރާއްޖެ ކުޅިވަރު

ލާއޯސް މެޗަށް ގައުމީ ޓީމު މިއަދު ޕްރެކްޓިސް ފަށަނީ

އޭޝިއަން ކަޕް ކޮލިފައިން ޕްރިލިމިނަރީގައި ލާއޯސްއާ ކުޅެންޖެހޭ ފަހު މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް މިއަދު ފަށަން ނިންމައިފި އެވެ.

ގަލޮޅު ދަނޑުގައި ބާއްވާ ފަރިތަކުރުންތަކުގައި އިސްކޮށް ހުންނާނީ ކޯޗު ޑަރެން ސްޓެވާޓެވެ.

ލާއޯސްއާ އެކު ރާއްޖެ ކުޅެން ޖެހޭ ފަހު މެޗު އަންނަ ހަފުތާގެ އަންގާރަ ދުވަހު ލާއޯސްގަ އެވެ. މި ދެ ޓީމު މާލޭގައި ކުޅުނު މެޗު 4-0އިން ކާމިޔާބު ކުރީ ރާއްޖެ އެވެ. މިހެންވެ ގްރޫޕް ސްޓޭޖުން ރާއްޖެ ކަޓުވާލެވޭނީ މި މެޗު ފަސް ލަނޑުގެ ތަފާތަކުން ލާއޯސް ކާމިޔާބުކޮށްގެންނެވެ.

މި މެޗަށް އުރިދޫ ދިވެހި ޕްރެމިއާ ލީގުގެ ކުޅުން ވެސް މިހާރު ވަނީ މެދުކަނޑާލައިފަ އެވެ. ލީގު އަލުން ފަށާނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.