ވިޔަފާރި

ލަގްޒަރީ ގަހަނާ ބްރޭންޑް "ސުވަރޯވްސްކީ" ގެ ފިހާރައެއް އެއާޕޯޓަށް

  • ސުވަރޯވްސްކީ ހުޅުވަނީ ޑިއުޓީ ފްރީގައި
  • އެކި ގައުމުތަކުގައި 170 ފިހާރަ ހުރޭ
  • ސަތޭކައަށްވުރެ ގިނަ އަހަރުވީ ބްރޭންޑެއް

ލަގްޒަރީ ގަހަނާ ބްރޭންޑް "ސުވަރޯވްސްކީ" ގެ ފިހާރައެއް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގެ ޑިއުޓީ ފްރީގައި މިއަދު ހުޅުވާނެ އެވެ.

އައިއެންއައިއޭގައި މިއަދު ބާއްވާ ރަސްމިއްޔާތެއްގައި ހުޅުވާ "ޝުވަރޯވްސްކީ" ބްރޭންޑުގެ ފިހާރަތައް 170 ގައުމެއްގައި ހުރެ އެވެ. މި ބްރޭންޑުގެ ފިހާރަތައް ހުރި ގައުމުތަކުގެ ތެރޭގައި ޗައިނާ އާއި ޗެކްރިޕަބްލިކް އަދި އިންޑިޔާ އާއި ތައިލެންޑް އަދި ވިއެޓްނާމްގެ އިތުރުން އެމެރިކާ ހިމެނެ އެވެ.

ސުރޯވްސްކީގެ ނަމުގައި ޖަވާހިރު ބޭނުންކޮށްގެން ގަހަނާގެ ބާވަތްތައް އުފެއްދުމަށް މި ބްރޭންޑް އުފެދިފައިވަނީ 1895 ގަ އެވެ. ސަތޭކަ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މި ބްރޭންޑުގެ ފައުންޑާއަކީ އޮސްޓްރިއާގެ ރައްޔިތެއް ކަމަށް ޑެނިއަލް ސްވަރޯވްސްކީ އެވެ. މިހާރު މި ބްރޭންޑުގެ ދަށުން ގަހަނާގެ އިތުރުން އެހެން ޕްރޮޑަކްތައް ވެސް އުފައްދަ އެވެ. މި އުފެއްދުންތަކުގެ ތެރޭގައި އަތުކުރީ ގަޑިފަދަ ތަކެތި ހިމެނެ އެވެ. މި ބްރޭންޑް މަގުބޫލުކަން ހޯދާފައިވަނީ އަންހެންގެ މެދުގަ އެވެ.

އައިއެންއައިއޭގެ ސްވަރޯވްސްކީ ބްރޭންޑުގެ ފިހާރައެއް ހުޅުވާއިރު، މިހާރުވެސް މަޝްހޫރު ބައެއް ބްރޭންޑުތަކުން ދަނީ އެއާޕޯޓުގައި ވިޔަފާރި ކުރަމުންނެވެ.

ޖަވާހިރު ނަގައި ޕޮލިޝްކޮށް، ތަކެތި އުފެއްދުމުގައި ދުނިޔޭގެ އެންމެ މަޝްހޫރުސް ސްވަރޯވްސްކީ ގްރޫޕަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 3.37 ބިލިއަން ޔޫރޯ ލިބިފައިވެ އެވެ. ގާތްގަނޑަކަށް 31،000 މުވައްޒަފުން މަސައްކަތް ކުރާ މި ގްރޫޕުގައި ހިމެނޭ ޖަވާހިރުގެ ވިޔަފާރިން މިދިޔަ އަހަރު 2.6 ބިލިއަން ޔޫރޯ ލިބިފައިވެ އެވެ.

ސްވަރޯވްސްކީގެ ބްރޭންޑުގެ އެމްބެސެޑަރުންގެ ގޮތުގައި ހޮލީވުޑްގެ މަޝްހޫރު ތަރިންނާއި މޮޑެލުން ހިމެނެ އެވެ.

އައިއެންއައިއޭގެ ސްވަރޯވްސްކީ ބްރޭންޑުގެ ފިހާރައެއް ހުޅުވާއިރު، މިހާރުވެސް މަޝްހޫރު ބައެއް ބްރޭންޑުތަކުން ދަނީ އެއާޕޯޓުގައި ވިޔަފާރި ކުރަމުންނެވެ.