ފެނަކަ ކޯޕްރޭޝަން

ފެނަކައިގެ ޗެއާމަންގެ މަގާމުން ނަދީމް އިސްތިއުފާ ދެއްވައިފި

ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމުގައި ހުންނެވި މުހައްމަދު ނަދީމް، އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ. ނަދީމް އެ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެ އެވެ. ނަދީމަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުންނެވެ.

ނަދީމް އިސްތިއުފާ ދެއްވާފައިމިވަނީ، ފަނަކައިގެ ބޯޑަށް ބަދަލުތަކެއް ވެސް ގެނެސްފައިވަނިކޮށެވެ. އަދި އެ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު ނިމާލު ވަކިކޮށް އެެ މަގާމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރުކަން ކުރެއްވި، އަހުމަދު ޝަރީފް އައްޔަންކޮށްފައިވަނިކޮށެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑް ޑިރެކްޓަރުގެ މަގާމަށް ހުސެއިން ޝާމް އާދަމް އަދި އައިޝަތު އަމާނީ އިބްރާހިމް ވެސް މިފަހުން ވަނީ އައްޔަންކޮށްފަ އެވެ.