ރާއްޖެ ކުޅިވަރު

ސެމީގައި ޓީސީ އާއި އީގަލްސް، ވެލެންސިއާ އާއި މާޒިޔާ

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުގައް މިއަދު ހަވީރު ފަށަން ހަމަޖައްސައިފި އެވެ. ގަލޮޅު ދަނޑުގައި ހަވީރު ކުޅޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޓީސީ އާއި އީގަލްސް އެވެ. މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ވެލެންސިއާ އާއި މާޒިޔާ އެވެ.

މީގެ ތެރެއިން ހަވީރު ކުޅޭ މެޗުން މޮޅުވާ ޓީމެއް ފައިނަލަށް ދާނެ އެވެ. ބަލިވާ ޓީމު މުބާރާތުން އަދި ނުކަޓާނެ އެވެ. ފައިނަލަށް ދިއުމަށް ސެމީ ފައިނަލުގެ ފަހު މެޗުގައި ބަލިވާ ޓީމު ބުދަ ދުވަހު ބައްދަލުކުރާނީ ވެލެންސިއާ އާއި މާޒިޔާ މެޗުން މޮޅުވާ ޓީމަކާ އެވެ. މުބާރާތުގެ ފައިނަލް ކުޅޭނީ މި މަހުގެ 23 ގަ އެވެ.

އަށް ޓީމު ވާދަކުރި ޔޫތު ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލަށް ޓީމު ހޮވުނީ ގްރޫޕް ސްޓޭޖަށް އެއްްބުރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދި ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެންނެވެ. އެއްވަނަ ހޯދީ ޓީސީ އެވެ. ދެ ވަނަ އީގަލްސް އަށް ލިބުނުއިރު މާޒިޔާ އަށް ލިބުނީ ތިން ވަނަ އެވެ. ވެލެންސިއާ ލައްވާލީ ހަތަރުވަނާގަ އެވެ.

ސެމީ އަށް ހޮވުނު ހަތަރު ޓީމުގެ ތެރެއިން ޓީސީ ފިޔަވައި އަނެއް ތިން ޓީމު ވަނީ މި މުބާރާތް އެއްފަހަރު ކާމިޔާބުކޮށްފަ އެވެ.