ބޭރު ކުޅިވަރު

އަމިއްލަ ދަނޑުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް މެސީ އަށް

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި އަމިއްލަ ދަނޑުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް ބާސެލޯނާގެ ލަޔޮނަލް މެސީ އަށް ލިބިއްޖެ އެވެ.

އޭނާ އަށް މި ރެކޯޑް ލިބުނީ ބާސެލޯނާގެ ދަނޑުގައ ރޭ މެންޗެސްޓާ ސިޓީ ކޮޅަށް ޖެހި ތިން ގޯލާއެކުގަ އެވެ. މިއީ މުބާރާތުގައި މެސީގެ ހަތް ވަނަ ހެޓްރިކެވެ. މިއާއެކު އަމިއްލަ ދަނޑުގައި އޭނާ ޖަހާފައިވާ ގޯލުގެ އަދަދު ވަނީ 50 އަށް އަރައިފަ އެވެ.

އާޖެންޓީނާގެ ކެޕްޓަން މެސީ އަކީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ދެ ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. ރޭ ޖެހި ތިން ގޯލާއެކު މުބާރާތުގައި އޭނާ ޖެހި ގޯލުގެ އަދަދު ވަނީ 89 އަށް އަރައިފަ އެވެ. އެންމެ ގިނަ ގޯލު ޖަހާފައިވަނީ ވާދަވެރި ރެއާލް މެޑްރިޑަށް ކުޅޭ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނާގެ ޖުމުލަ އަކީ 95 އެވެ.

ރޭ ޖެހި ތިން ގޯލާއެކު ޗެމްޕިއަންސް ލީގުގައި އިނގިރޭސި ޓީމުތަކުގެ ކޮޅަށް މެސީ ޖެހި ގޯލުގެ އަަދަދު ވަނީ 15 އަށް އަރައިފަ އެވެ. އެއީ އެންމެ 13 މެޗުންނެވެ.