ކުޅިވަރު

ދިރާގު ރޯޑްރޭސް ޖޫން 12 ވަނަ އަހަރު ބާއްވަނީ

ދިރާގު މޯލްޑިވްސް ރޯޑްރޭސް ޖޫން މަހުގެ 12 ވަނަ ދުވަހު ބާއްވަން ނިންއިފި އެވެ.

"މި ދުވުމުގައިވެ ސް ހިލޭ ސާބަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް އެ ފުރުސަތު ލިބޭނެ. ޓީޝާޓް ވިއްކައިގެނާއި މިނޫންވެސް ގޮތް ގޮތުން ފަންޑު ރެެއިޒް ކުރެވޭނެ،" މިރުޝާން ވިދާޅުވިއެވެ.

މިރުޝާން ވިދާޅުވީ 2007 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ދުވުމުގައި މިދިޔަ އަހަރު 3،000 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވެފައިވާ ކަމަށެވެ. 

"މި ދުވުމުގައި ބައިވެރިވާން ބޭރުގެ ގިނަ ބަޔަކުވެސް ޝައުގުވެރިކަން ދަނީ ފާޅު ކުރަމުން،" މިރުޝާން ވިދާޅުވި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި ދުވުމުގައި ބައިވެރިވުމަށް ފަސް ޖަމިއްޔާއެއް އެންޑޯސް ކުރުމަށް ނިންމާފައިވާ ކަމަށެވެ. މި ދުވުމުގައި ބައިވެރިވާ ޖަމިއްޔާ ތަކަށް އެއްލައްކަ ރުފިޔާ ދޭނެ ކަމަށެވެ.