އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ފުރަތަމަ ފަހަރަށް ބޮޑީ ސްކޭނާ މެޝިނެއް ބަހައްޓައިފި އެވެ.
އައިއެންއައިއޭގައި ބެހެއްޓި ބޮޑީ ސްކޭނާގެ މެޝިންގެ ހިދުމަތް އިފްތިތާހު ކޮށްދެއްވީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވީ ބޮޑީ ސްކޭން މެޝިނަކީ ގާނޫނީ ގޮތުގައި 2018 ވަނަ އަހަރުގެ ފަހުކޮޅާ ހަމައަށް އެއާޕޯޓުގައި ގާއިމް ކުރަން ޖެހޭ ނިޒާމެއް ކަމަށާއި، ނަމަވެސް މި މަސައްކަތް އަވަހަށް ކޮށް ނިންމާލުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.
"މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި އެއާޕޯޓްސް ކޮމްޕެނީގެ އިހުލާސްތެރި މަސައްކަތުން މި މަސައްކަތް މިހާ ކުރިން މި ކުރެވެނީ،" އަޒްލީމް ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ އެއާޕޯޓުގައި ބޮޑީ ސްކޭން ކުރާ މެޝިން ބެހެއްޓުމާ ގުޅިގެން ރާއްޖެއަށް މަސްތުވާތަކެއްކާއި މަނާ އެހެން ތަކެތި ދެނެގަތުމުގައި ބޮޑު ކުރިއެރުންތަކެއް ވެސް ލިބިގެންދާނެ ކަމަށެވެ.
"މިއީ އިލީގަލް ޑްރަގްސް ޓްރެފިކް ކުރުމުގެ މަސައްކަތް އިތުރަށް މޮނިޓާކޮށް ޓެކްނޮލޮޖީގެ އެޑްވާންސްމަންޓުގެ ތެރެއިން ހޯދޭނެ. ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާ މިވަނީ އިންތިހާއަށް ބޮޑުވެފައި. ރާއްޖެއަށް މަސްތުވާތަކެތި އެތެރެ މި ކުރެވެނީ އެއާޕޯޓާއި ސީޕޯޓްގެ ތެރެއިން އެހެންވެ މި ގާއިމް ކުރެވުނު ބޮޑީ ސްކޭން މެޝިނަކީ ރާއްޖެ އަށް ދިމާވެފައިވާ މަސްތުވާތަކެތީގެ ވަބާ އިން ސަލާމަތްވުމަށް ގާއިމް ކުރެވުނު އިފެކްޓިވް ނިޒާމެއް،" އަޒްލީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަހަރަކު ގާތްގަނޑަކަށް 106 މީހުން އެއާޕޯޓަށް ގެންގޮސް ބޮޑީ ސްކޭން ކުރެވޭ ކަމަށެވެ. އަދި މި މެޝިންގެ ސަބަބުން އެފަދަ މީހުން ހޯދުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށެވެ.
"ދަތުރުފަތުރުގައި އުޅުއްވާ މީހުން މި ކަހަލަ ރިސްކީ ބިހޭވިޔާގެ ސަބަބުން ގައުމަށް ދިމާވާ ބޮޑެތި ގެއްލުންތަކުން ސަލާމަތް ވުމަށް އިތުރަށް އެލޯޓުގެ ހުއްޓާލުމަށް އިތުރު ބާރަކަށް ވެސް ވެގެން ދާނެ،" އަޒްލީން ވިދާޅުވި އެވެ.
އައިއެންއައިއޭ ތަރައްގީ ކުރުމަށް އެމްއޭސީއެލްއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން، އެކި ދާއިރާތައް ދަނީ ތަރައްގީ ކުރަމުންނެވެ.