ވޯލްޑް ޓްރެވަލް މާކެޓް 2016

"މޯލްޑިވްސް ޓީވީ" ބްރޭންޑް ލޯންޗުކޮށްފި

ރާއްޖޭގެ ފުރަތަމަ ބައިނަލްއަގްވާމީ ޓީވީ ޗެނަލް "މޯލްޑިވްސް ޓީވީ" ގެ ބްރޭންޑް މިއަދު އިނގިރޭސި ވިލާތުގައި ލޯންޗުކޮށްފި އެވެ. އެ ބްރޭންޑް ލޯންޗު ކޮށްދެއްވީ، އިނގިރޭސިވިލާތަށާއި އީޔޫއަށް ރާއްޖެއިން ކަނޑައަޅުއްވަވާފައި ހުންނަވާ ސަފީރު އަހުމަދު ސިޔާނެވެ.

މިއަދު ފެށި ވޯލްޑް ޓްރެވެލް މާކެޓްގައި "މޯލްޑިވްސް ޓީވީ" ބްރޭންޑް ލޯންޗު ކުރިއިރު، ޕީއެސްއެމްއިން އުފެއްދި މި ޗެނަލް ރަސްމީކޮށް ފަށަން ނިންމާފައިވަނީ އަންނަ ޑިސެމްބަރު މަހު އެވެ.

ޕީއެސްއެމްއިން ބުނި ގޮތުގައި މި ޗެނަލްގެ ބޭނުމަކ ރާއްޖޭގެ ރީތިކަން މުޅި ދުނިޔެއަށް ދައްކުވައިދީ ރާއްޖެ އިތުރަށް އިޝްތިހާރު ކުރުމެވެ. އެގޮތުން ޗެނަލުން ރާއްޖޭގެ ރިސޯޓްތަކާއި ގެސްޓް ހައުސްތަކާއި އޮޕަރޭޓަރުން އަދި އޭޖެންޓުން ވެސް އިސްތިހާރުކުރާނެ އެވެ.

ޗެނަލްގެ ހުރިހާ ކޮންޓެންޓެއް ގެނެސްދިނުމަށް ނިންމާފައިވަނީ އިނގިރޭސި ބަހުންނެވެ.