ރެއަކީ ތަފާތު ރެެއެކެވެ. ސަބަބަކީ ދިރާސީ އާ އަހަރު މިއަދު ފަށާތީ އާއި އެކަމުގެ އެންމެ ފަހުގެ ތައްޔާރީތައް ވާންޖެހޭތީއެވެ. ގާސިމް ޝާހިދާއި ރަޒީނާ އިބްރާހިމް ވެސް އިރާ ކޮޅުން ތައްޔާރުވަމުން ދިޔައީ ގްރޭޑް އެކަކަށް މިއަހަރު ދިޔަ އަންހެން ދަރިފުޅާއި މިއަހަރު ގްރޭޑް 10 އަކަށް ދިޔަ ފިރިހެން ދަރިފުޅުގެ ސްކޫލް ކަންކަމުގަ އެވެ. އަދި ދާދިފަހުން މޯލްޑިވިއަންގެ ވަޒީފާއާ ގުޅުނު 20 އަހަރުގެ ދޮށީ ފިރިހެން ދަރިފުޅަށާއި އަނެއް ދެބެންނަށް ނަސޭހަތް އަވަހާ ހެނދުނު ތެދުވަން ނިދަން ފޮނުވާށެވެ.
އެހެންނަމަވެސް ހެނދުނު ސްކޫލް ކުދިން ފޮނުވާ ގަޑި ޖެހުނުއިރުވެސް މަންމައާ ބައްޕަގެ ހަބަރެއްނުވި އެވެ. އެ ކުދިންނަށް ލިބުނު ހަބަރަކީ މަންމަ އާއި ބައްޕަ އެކުގައި އުމުރަށް އެ ތިންބެއިންނާ ވަކިވެ ދުނިޔެ ދޫކޮށްދިޔަ ހިތާމަވެރި ހަބަރެވެ. -- އުމުރުން 50 އަހަރުގެ ގާސިމް ޝާހިދާއި އުމުރުން 40 އަހަރުގެ ރަޒީނާ އިބްރާހީމަކީ ތ. ވިލުފުއްޓަށް ނިސްބަތްވާ ދެމެފިރިންނެވެ. -- ރޭ އިރާކޮޅު 9:00 ޖަހާއެހާކަންހާއިރު ތިންބެއިން ނިންދެވި އިރު ރެއަކީ މަންމައާއި ބައްޕައާ ބައްލުވެ ވާހަކަ ދައްކާލެވޭ ފަހު ރޭކަމެއް އެއްގޮތަކަށްވެސް އެކުދިން ހީއެއް ނުކުރެ އެވެ. އެއާހިލާފަށް ތިންކުދިންނަށް މަންމައާ ބައްޕަ އެކުގައި އުމުރަށް ގެއްލުނީ އެވެ. މަންމަ އާއި ބައްޕަ ނިދަން ވަނީ 10:00 ޖެހި އިރު އެވެ.
ހައިރާން ކުރުވަނި މިހާދިސާގެ މާގިނަ މައުލޫމާތެއް މިހާތަނަށް ތިލައެއް ނުވެ އެވެ. ހިތާމައިގެ ތެރެއަށް ގަންބާލާފައިވާ އާއިލާގެ ވެސްވަނީ ބަސް ހުއްޓިފަ އެވެ. އެހެންނަމަވެސް އެ އާއިލާއަށް ނިސްބަތްވާ ބައެއް މީހުން ކޮންމެވެސް ކޮންމެވެސް މިންވަރަކަށް ވާހަކަ ދައްކަ އެވެ. މައިގަނޑު ވާހަކައަކީ"އެއީ ވަރަށް ރަނގަޅު ދެމަފިރިން" ކަމަށް ބުނާ ވާހަކަ އެވެ.
"އެކުދިންގެ މަންމައާ ބައްޕައަކީ ދަރިންގެ އަހުލާގަށް ވަރަށް ބޮޑަށް ބަލައިގެން ދިރިއުޅެމުން އައި ވަރަށް ރަނގަޅު ބައެއް. އެއް އިރެއްގައި ވެސް ޒުވާބޮކޮށް ވެސް ނުހަދާ. ރޭ ވެސް ވަރަށް އަވަހަށް ހުރިހާ ކުދިން ވެސް ނިދަން ފޮނުވި. އޭގެ ފަހުން އެ ދެމަފިރިންނިދީ ކޮން އިރަކު ކަމެއް މުޅިން ސާފެއް ނުވޭ. އެކަމަކު އެ ކުދިންގެ މަންމައާ ބައްޕަ އެކުގައި މިއަދު ނިޔާވެފައި އޮތްކަން އެނގުމުން އެކުދިންގެ ހިތް ހަމަ ފަޅައިގެން ދިޔަ،" އެ އާއިލާގެ ތިމާގެ މެންބަރަކު މިއަދު އައިޖީއެމްއެޗުގައި ހުރެގެން ކިޔައިދިނެވެ. އޭނާއަށް ވެސް ވާހަކަ ދެއްކޭ ވަރެއް ނުވެއެވެ.
ގާސިމް ޝާހިދު އާއި އާއިލީގޮތުން ގާތް ކަމެއް އޮންނަ ވިލުފުއްޓަށް ނިސްބަތްވާ ނޫސްވެރިޔަކު މިއަދު ބުނި ގޮތުގައި އެ ދެމަރިންނަކީ ވަރަށް ދުޅަހެޔޮ ސިއްހަތެއްގައި ވަރަށް ލޯބިން އުފާވެރިކޮށް އުޅެމުން އައި ދެމެފަރިންނެވެ. އަދި އެއީ މައްސަލަ އޮންނަ، ދުވަހަކު ޒުވާބެއްވެސް ކުރާ ބައެއް ނޫނެވެ. ސިއްހީ މައްސަލައެއްވެސް ނޫޅެ އެވެ. ގާސިމް ޝާހިދަކީ މަޝްހޫރު ވިޔަވާރިވެރިޔާ އެމްޔޫ މަނިކުގެ ލޯންޗު ޑްރައިވަރެވެ. އޭނާގެ ހަޔާތުގެ ބޮޑު ބައި ހޭދަކުރީ ކުރުނބާގަ އެވެ. އޭނާ މާލެ އައީ އިއްޔެ ހަވީރު އެވެ.
"އެއީ ވަރަށް މަޑުމައިތިރި ވަރަށް އަހުލާގު ރަނގަޅު ދެމަފިރިން،" އޭނާ ބުންޏެވެ. " އެއީ ލޯބިން ވަރަށް ލޯބި އުޅުނު ދެމަފިރިން ... މިއީ ވަރަށް ހައިރާން ކުރުވަނިވި ގޮތަކަށް އައި މަރެއް،"
އާއިލީ ގޮތުން ތިމާގެ އެ މެންބަރު މިއަދު ބުނިގޮތުގައި އެ ދެމެފަރިން ދިރިއުޅުނު މ. ލައިޓް ސިގުނަލްލްގައި އެމީހުން އުޅުނު ބައިގައި އުޅެމުން އައީ ކުޑަކުޑަ އެ އާއިލާ އާއި ރަޒީނާގެ އާއިލާގެ މެންބަރެކެވެ. ރެއިން ފެށިގެން އެމީހުން އުޅުނީ މިއަދު ހެނދުނު ކުދިން ސްކޫލަށް ފޮނުމުގެ ކަންކަމުގަ އެވެ. ނަމަވެސް މިއަދު ހެނދުނުވީއިރު ވެސް މަންމައާ ބައްޕައެއް ނުހޭލި އެވެ. ކަން ބޮޑުވާ ހިސާބަށް ދިޔައީ ނުހޭލައި ލަސްވުމުންނެވެ.
"ސްކޫލް ގަޑި ޖެހިގެން ދިޔައިރު ވެސް ނުއެއް ތެދުވި، އެހެންނަމަވެސް އެ ދެމަފިރިން ނިދާ ކޮޓަރީ ދޮރު ތަޅުލާފައި ހުރުމުން މާބޮޑަށް އުނދަގޫ ކުރަން އެ ކުދިންނަކަށް ވެސް ނުކެރުނު... ނަމަވެސް މެންދުރުވާން ގޮސް 11:00 ޖެހުމުން މާ ލަސްވާތީ ކަންބޮޑުވެގެން ތަޅުދަނޑިން ދޮރު ހުޅުވީ،" ހާދިސާގެ ސަބަބުން އެއްވެސް ވާހަކައެއް ހިއްސާ ކުރެވޭ ވަރަށްވުރެ ބޮޑަށް ހިތާމަ އާއި ހިމޭންކަންވެރިވެފައިވާ އާއިލާ މެންބަރުންގެ ތެރެއިން ދުރަށް ޖެހިލައި އޭނާ ބައެއް ވާހަކަ ހިއްސާކޮށްލި އެވެ. އޭނާ ބުނި ގޮތުގައި ދޮރު ހުޅުވި އިރު މަންމައާ ބައްޕަ އޮތީ އާދައިގެ މަތިން ބައްދާލައިގެނެވެ. އެކަކަށް އަނެކެއްގެ ގައިގައި ހިފަހައްޓާލެވިފަ އެވެ.
"މާ ލަސްވާތީ ރަށަށް ވެސް ގުޅާފަ އެންމެން ކަންބޮޑުވާންފެށީމަ ދޮރު ހުޅުވީ. ވަރަށް ރީތިކޮށް ހިފަހައްޓާލައިގެން ބައްދާލައިގެން ކަހަލަ ގޮތަކަށް އޮތީ. އޮތް ގޮތުން ހީވެސް ނުވޭ ކަމެއް ވެފައިހެނެއް. ވަރަށް ގޮވިން... އެކަމަކު ގާސިމް އާއި ރަޒީނާ އޮތީ ހަރުވެފައި. އެހާ ހިސާބުން އެނގިއްޖެ ވަކިވެގެން ދިޔައީކަން،"
އޭނާ ބުނި ގޮތުގައި އެ ދެ މީހުންގެ ހަށިގަނޑު ބޭރު ފުށުން އެއްވެސް އަނިޔާއެއް ވެސް އަދި ގެއްލުމެއް ވެސް ލިބިފައެއް ނުވެ އެވެ. ބޮޑަށް ބެލެވެނީ ގުދުރަތީ މަރެއްގެ ގޮތުގަ އެވެ. އެގޮތަށް ދުށްޓަސް ބޮޑީ ބޭގުގައި އެ ދެމަފިރިން އައިޖީއެމްއެޗްއަށް ގެންގޮސްގެން ގެންދަނީ ޓެސްޓުތައް ހަދަމުންނެވެ. އަދި ފުލުހުން ގެންދަނީ އިންވެސްޓިގޭޝަނެއް ކުރަމުންނެވެ. އޭނާ ބުނި ގޮތުގައި ދެމަފިރިންގެ ޕޯސްޓްމޯޓަމް ހެއްދުމަށް ފުލުހުން ވަނީ އެދިފައެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށްވުރެ ބޮޑަށް އާއިލާ އޮތީ ހިތާމައިގެ ތެރެއަށް ގެނބިފަ އެވެ. މިއަދަކީ އެ އާއިލާއަށް ކެތްނުކުރެވޭ ވަރުގެ ހިތާމަ ވަށާލާފައިވާ ދުވަހެކެވެ.