ހަބަރު

އައިޖީއެމްއެޗްގެ ޑޮކްޓަރު: އިބްތިހާލަށް ބޮޑެތި ޒަހަމްތަކެއް ދީފައިވޭ

Feb 19, 2017
19
އާފިޔާ ކޯޓަށް ހާޒިރުކުރަނީ: ދަރިފުޅަށް އަނިޔާކުރި ކަމަށް އެއްބަސްވޭ - އަވަސް ފޮޓޯ: އަހުމަދު ޝުރާެއު
0%
0%
0%

ވ. ރަކީދޫ، މުހައްމަދު އިބްތިހާލްގެ ހަށިގަނޑުގެ އެކި ތަންތަނަށް ގިނަ ޒަހްމަތަކެއް ލިބިފައިވާ ކަމަށް އިބްތިހާލުގެ ހަށިގަނޑުގެ ބެލި އައިޖީއެމްއެޗްގެ ޑޮކްޓަރު ވެސް މިއަދު ޝަރީއަތުގެ މަޖިލީހުގައި ބުނެފި އެވެ.

އިބްތިހާލުގެ މަރުގެ މައްސަލާގައި ކުއްޖަކު މެރި ކަމުގެ ދައުވާ އުފުލާފައިވާ އޭނާގެ މަންމަ އާފިޔާ މުހައްމަދު މަނިކުގެ ޝަރީއަތުގެ މިއަދު އަޑުއެހުމުގައި ދައުލަތުން ހުށަހެޅި ޑރ. އަހުމަދު ޒިޔާން ވަނީ ހެކިބަސް ދެއްވާފަ އެވެ. އެއީ އިބްތިހާލުގެ ހަށިގަނޑު ބެލި އައިޖީއެމްއެޗްގެ ޑޮކްޓަރެވެ. ޑޮކްޓަރުގެ ހެކި ބަސް ސިއްރު ނުނެގި ނަމަވެސް އޭނާގެ ހެކިބަސް ނެގީ ވަކި މަޖިލީހެއްގައި ބަހައްޓައިގެންނެވެ. އެއީ އެގޮތަށް ދައުލަތުން އެދިފައިވާތީ އެވެ.

ޑޮކްޓަރު ވިދާޅުވީ، އިބްތިހާލުގެ ކަންފަތާއި ކުރިމަތި ފަރާތް ވަރަށް ބޮޑަށް ދުޅަވެ، ކަރުގެ ނިޝާންތަކެއް ހުރި ކަމަށެވެ. އިބްތިހާލުގެ ހަށިގަނޑުގައި ގިނަ ލަކުނުތަކެއްހުރިކަން ވެސް ފާހަގަކުރި އެވެ. އަދި އިބްތިހާލުގެ ބޮލަށް ވެސް އަނިޔާވެފައިހުރި ކަމަށް ވިދާޅުވި އެވެ.

އޭގެއިތުރުން އިބްތިހާލުގެ ތުންފަތަށާއި ބަނޑަށް އަދި މެޔަށް ވެސް އެކި ޒަހަމްތައް ލިބިފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އަދި، އިބްތިހާލުގެ މޭ ކަށިގަނޑުގައި ބިނދިފައިވާހުރި ކަމަށް ވެސް ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރު ވިދާޅުވީ، އިބްތިހާލުގެ ކަރުގެ ނިޔަފަތީގެ ނިޝާންތަކެއް ހުރި ކަމަށެވެ. އަދި އެ ނިޝާންތައް ވަރަށް ތާޒާ ކަމަށް ވިދާޅުވި އެވެ. އިބްތިހާލު މަރުވެފައިވަނީ ނޭވާ ހުއްޓުވާލުމުގެ ސަބަބުން ކަމަށް އެކަށީގެންވާ ކަމަށް ވެސް ވިދާޅުވި އެވެ. ޑޮކްޓަރު ވިދާޅުވީ، ކަރުގައި ހުރި ނިޔަފަތީގެ ނިޝާންތަކަކީ ކަރުގައި ވަރަށް ބާރަށް ހިފާފައިހުރުމުން އެޅިފައިވާ ނިޝާންތަކެއް ކަމަށެވެ. ކަރުގެ އެތެރަށް ލޭ އެޅިފައިހުރިއިރު އެއީ ބަނޑަށް ލިބިފައިވާ ޒަހަމެއްގެ ސަބަބުން އެޅިފައިވާ ލެޔަށްވުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވީ، އިބްތިހާލުގެ ހަށިގަނޑުގެ އެކި ތަންތަނުގައި ލަކުނުތައް ވެސް ހުރި ކަމަށެވެ. އެއީ ކިހާ ދުވަހެއްވެފައިވާ ލަކުނުތަކެއް ކަމެއް ނޭނގޭ ކަމަށް ވިދާޅުވި އެވެ.

އިބްތިހާލު: މަރުވެފައި އޮތްވާ ފެނުނީ ބޮޑެތި ޒަހަމްތަކަކާއެކު --

ޑޮކްޓަރުގެ ހެކި ބަހާ ގުޅޭ ގޮތުން އެއްވެސް ސުވާލެއް ކުރަން ބޭނުންތޯ އާފިޔާއާ ޝަރީއަތުން ސުވާލުކުރެއްވުމުން އާފިޔާ ބުނީ ސުވާލެއް ނެތް ކަމަށެވެ.

މިއަދު ވެސް ގާޒީ ވަނީ އާފިޔާގެ މަންމަ ކޮބައިތޯ ސުވާލުކުރައްވާފަ އެވެ. އާފިޔާ ބުނީ މަންމަ އުޅެނީ މާލޭގަ ކަމަށާއި އުޅޭ ވަކި އެޑްރެހެއް ނޭނގޭ ކަމަށެވެ. އާއިލާގައި އިތުރު މީހަކު ހުރިތޯ ސުވާލު ކުރެއްވުމުން އާފިޔާ ބުނީ، އެއް ބަނޑު އެއް ބަފާ ތިން މީހުން ތިބޭނެ ކަމަށެވެ. އެއީ އައިޝަތު މުހައްމަދު މަނިކާއި އާދަމް މަނިކާއި ޔޫސުފް މުހައްމަދު މަނިކު ކަމަށެވެ. އެމީހުން ވެސް އުޅެނީ މާލޭގައި ކަމަށާއި އުޅޭ ވަކި އެޑްރެހެއް ނޭނގޭ ކަމަށް އާފިޔާ ބުންޏެވެ.

މިއަދުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވީ މައްސަލާގައި އިތުރު އަޑުއެހުމެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށް ވިދާޅުވަމުންނެވެ.

އިބްތިހާލަށް އެކި ޒަހަމްތައް ލިބިފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާއިރު އާފިޔާ ވަނީ އިބްތިހާލަށް އަނިޔާުކުރި ކަމަށް އިއުތިރާފުވެފަ އެވެ. އޭނާ ތަހުގީގަށް ދިން ބަޔާނުގައި ބުނެފައިވަނީ، އޭނާ އިބްތިހާލަށް ވަރަށް ބޮޑަށް އަނިޔާ ކުރުމަށްފަހު، ގެއިން ބޭރަށް ގޮސް އައިއިރު އިބްތިހާލު އޮތީ ހޭނެތިފަ ކަމަށެވެ. އެހެންވެ، އަވަށްޓެރިންގެ ލަފާ ހޯދުމަށްފަހު އިބްތިހާލު ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ހޮސްޕިޓަލަށް ދިޔަތަނާ އާފިޔާ ވެސް ހޭނެތުނު ކަމަށެވެ

އާފިޔާ ކިޔައިދީފައިވާ ގޮތުގައި އެ ދުވަހު އިންތިހާލު ބޯ ދަށަށް ބާލީހެއް ލައިގެން ތަޅުންމަތީ ނިދާފައި އޮތްވާ، އޭނާގެ ކޮނޑުގައި ހިފާ ކުޑަކަކޫ މައްޗަށް ޖަހާ، އިބްތިހާލުގެ ކަރުގައި ހިފާ ނޭވާ ހާސްކުރުމަށް މަސައްކަތްކުރި އެވެ. އަދި ކަރުގައި ވަރަށް ބާރަށް ހިފާ ކަރަށް ފިއްތާފައިވެ އެވެ. ކަރުގެ ހިފިލެއް ބާރުކަމުން އިބްތިހާލުގެ އަނގައިން ލޭ އައި ކަމަށް ވެސް އާފިޔާ ބުނެފައިވެ އެވެ.

އާފިޔާގެ ދެ ފަޔަށް ވާންވެ އޭނާ ވެއްޓުމުން އާފިޔާގެ ދަށް ފައިން އިބްތިހާލުގެ މޭ މަތީގައި ބާރަށް ތިން ފަހަރު ކޮޅުފައިން ޖެހި ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އިބްތިހާލުގެ ދަށްދޮޅީގައި އާފިޔާގެ ކަނާއަތުން ވަރަށް ބާރަށް ޖެހި ކަމަށް ވެސް އާފިޔާ ބަޔާނުގައި ބުނެފައިވެ އެވެ. އާފިޔާ ގެއިން ނިކުމެގެން ދިޔައިރު އިބްތިހާލު ކުކުރަމުން ދިޔަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

19 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ބޮންދު

އާފިޔާ އަކީވެސް ކުޑައިރު އަނިޔާ ލިބިފަ ހުރި މީހެއް... އަހަރުން ހީވެސް ނުކުރާހާ ވޭން ޢޭނަ ވަނީ ތަހައްމަލް ކޮށްފަ... މީގަ އެންމެ ބޮޑަށް ކުށްވެރިވަނީ އާފިޔާގެ މަންމަ އާއި ދޮން ބައްޕަ....

މުހައްމަދު

ކޮން ތަހުގިޣެއްތަ ކުރާކަށް ތިޔަ އަންހެންމީހާ އަދަބް ދީބަލަ

މަޔާހޮކި

ވަރަށް ދެރަވެއްޖެ

ދޮންކޮ

ނިކަން ކަމެއް ކުރަން ނުކެރެންޔާ ހަވާލު ކޮއްލަބަލަ ވާ ގޮތެއް ބަލާލަން. ބައެއް ފަހަރު ހިތަށް އަރާ ޖަލު ބަލަހައްޓާ މީހަކައް ވި ނަމައޭ.

ޝަ

ހާދަ ރަހުމް ކުޑަ އަންހެނެކޭ!

ސާނީ

ކޮން މޮޅު ކޮމެންޓެއް ކުރާކަށް؟ ކަލޭމެން ދިވެހިން މޮޅީ އަނގަ ފުޅާކުރަން. ކޮންމެ ދުވަހަކު އިބްތިޙާލަކަށް އަނިޔާ ލިބޭ، ކަލޭމެންނަކަށް ނުފެނޭ. ދަރިންގައިގަ ތަޅާގެން ތަރުބިއްޔަތު ދިނުމާއި،ފިރިހެނަކުަުއަންހެނަކު ރޭޕްުކުރުމުން ކަލޭމެންނަށް އަބަދު ގޯސްވަނީ އަންހެނުން. ކުށަށް ދިވެހިން ކުރަނީ ސަޕޯޓް، ކުށް ކުރި މަންޒަރެއް ވެސް ފެންނަ މީހަކު ދުވަހަކު ނުވޭ. ހަމަ މޮޅީ ކޮމެންޓް ކުރަން

ޔަޔަ

ތީމަންމައެއްތަ ....

ޚިރާ

އެކުއްޖާގެ ބައްޕަގެ ނަން ބޮލުގައިއެޅިފައިވީމީހާއާއި މާމާ އަދި ތި އާފިޔާވެސް މަރާލާ... ޜޭޕްގެ އަކީ ޒިނޭ. ޢެލ އެއްފަހަރުވެސް ކައިވެންޏެއްކުރުމަފަހު ޒިނޭއެއް ކޮއްފިނަމަ އޮންނަނީ ރަޖަމް ކުރުން. ޜޭޕް ކުރާކަން އެގިހުރެ ނޭންގުމަކީވެސް ރޭޕްގައި ބައިވެރިވުން... ޢެކުޖާގެ މާމަ ވެސް މަރާ. ޢާފިޔާ ގެ ނުލަފާކަމުން އެ ކުއްޖާ އަށް އަނިޔާ ކުރީ. ނުބަލަންޏާ ބަލާނެ ވަރު މީހަކަށް ދީފަ ގޮސް ނުބައި އަމަކު ހިންގި މީހާއަށް ހަމަލަދިން ނަމަ. ނޫނީ ރިޕޯޓް ކުރިނަމަ. ތުއްތު ކުޖާ ހާދަ ހާލެއްގަ އުޅެފަޢޭ އެވަކިވީ. ކުޑަކުޑަ ފުރާނައެއް... . ދަރިންއެއީ އަމާނާތެއް ކަމުގައި ލެއްވެވި ރަސްކަލާންގެ، މި ނުބައި އަމަލު ހިންގުމުގައި ބައިވެރިވި އެންމެންނަށް ލަުނަތް ލައްވާން ދޭވެ. ޢަދި މި ޝަރީއަތްނިންމާ އިރު އެކުއްޖާއަށް އިންސާފު ނުލިބޭގޮތަށް އިބަ ރަސްކަލާގެ ޝަރީއަތާ ހިލާފަށް ހުކުމްކޮށްފި ނަމަ މި މައްސަލަ ބާލާ ގާޒީ އަށް ވެސް ލައުނަތް ލައްވާފާދޭވެ.

ލިޒް

ހިތް ކުދި ކުދި ވެއްޖެ... ތިއަންހެންމީހާ ވީހާވެސް އަވަހަކަށް މަރާލާ... ރައްޔިތުންނަށް ތި އަންހެންމީހާގެ މަރު ދައްކަންވާނެ.......

އަލީ

މީގައި ސިފަކޮށްފައި މިވާ މިންވަރުންވެސް އަހަރެންގެ ލޮލުން ކަރުނަ ހިކިއްޖެ.. ސުބުޙާނަﷲ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345