މޯލްޑިވިއަން އައިޑޮލް

މާއިޝް އާއި ސަމާހު ވަކިވެ، އައިޑޮލްގެ ގަދަ 12 ޔަގީންވެއްޖެ

މޯލްޑިވިއަން އައިޑޮލްގެ ގަދަ 12 މިރޭ ޔަގީންވެއްޖެ އެވެ. މިރޭ ޕިއާނޯ ރައުންޑްގެ ފަހު ޝޯ ދެއްކިއިރު މިރޭ އައިޑޮލްއިން ކަޓާފައިވަނީ އަހްމަދު މާއިޝް އާއި ހުސެން ސަމާހު އެވެ.

އެ ދެ ބައިވެރިންނަށް ޝޯއާ ވަކިވާން ޖެހުނީ ޖަޖުންގެ މާކުހާއި ބެލުންތެރިންގެ ވޯޓު އެއްކޮށްލުމުން އެންމެ މަދުން މާކްސް ލިބުމުންނެވެ. ޕިއާނޯ ރައުންޑްގެ ޝޯތައް މިދިޔަ ހަފުތާ ދެއްކިއިރު ގަދަ 16 ބައިވެރިންގެ ތެރެއިން ޝަނީޒާ ޝަރީފް އަދި އަހްމަދު ސައްޔާހު ވަނީ ކަޓާފަ އެވެ.

އެހެންކަމުން ގަދަ 16 ގައިގެ ތެރެއިން ގަދަ 12 ޔަގީންކޮށްފައިވަނީ މުހައްމަދު ރީހާން، އިބްރާހިމް ވަހީދު، މުހައްމަދު ތަސްނީމް (ބޮބް)، މުހައްމަދު ހަމްދާން، ޝަޒާ އަބްދުﷲ ރަޝީދު އަދި ޝަމްވީލް މުހައްމަދު އެވެ.

އަދި، އަހްމަދު ނަބީލް، ހަމޫދު އަހްމަދު، ހަސަން އިރުފާން، އަހްމަދު ފަރަޝް، އައިޝަތު ޖައިޝާ، އަބްދުﷲ ހިޝާން އެވެ.

ދެން އައިޑޮލްގައި ދައްކާނީ ގާލާ ރައުންޑެވެ. ގަދަ 12 އާއެކު ދެން ޝޯތައް ފަށާނީ އަންނަ ހަފުތާގަ އެވެ.