ކަނޑު އޮތް ގިރި

ކަނޑުއޮތްގިރީގައި އަލިފާން ރޯވެއްޖެ

މަސްވެރިކަމުގެ މަސައްކަތްތައް ކުރަމުން އަންނަ މިފްކޯގެ ކަނޑުއޮތް ގިރީގައި އަލިފާނު ރޯވެ އެ ރަށުގެ ފެކްޓްރީއަށް ގެއްލުންތައް ލިބިއްޖެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހިނގި އަލިފާނުގެ އެ ހާދިސާގައި ރޯވެފައި ވަނީ އެރަށުގައި ހުންނަ ފެކްޓްރީގެ ބައެއްގައި ކަމަށާއި އަލިފާނުގެ ސަބަބުން ފެކްޓްރީގެ އިމާރާތަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

ސިފައިންނަށް މިހާދިސާގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު ފަހު އެވެ. އެ މައުލޫމާތާއެކު އަލިފާން ނިއްވާ ސާމާނާއެކު ފަޔާމަނުންގެ ޓީމެއް އެރަށަށް ގޮސް އަލިފާން ނިއްވާލީ 3:30 ވެސް ވީފަހުންނެވެ.