މޯލްޑިވިއަން އައިޑޮލް 2

ހާއްސަ ޖަޖަކާއެކު އައިޑޮލްގެ ޝޯ މިރޭ ވަރަށް މުހިންމު!

މޯލްޑިވިއަން އައިޑޮލް ސީޒަން ދެއެއްގެ ގަދަ 10 ކަށަވަރުވާ، މިރޭގެ ޝޯގައި މިޔުޒިކީ ދާއިރާގެ ވަރަށް ފުންނާބު އުސް އަދި މަގުބޫލު ފަރާތެއް ހާއްސަ ޖަޖެއްގެ ގޮތުގައި ބައިވެރިވާނެ އެވެ.

މިދިޔަ ހަފުތާގެ އެލިމިނޭޝަން ޝޯގައި ހާއްސަ ޖަޖެއްގެ ގޮތުގައި ފާތިމަތު ރައޫފް ފެނިގެންދިޔައިރު މިރޭ ވެސް ފެނިގެން ދަނީ އެފަދަ ފާހަގަކޮށްލެވޭ މޫނެކެވެ. މިރޭގެ ޝޯގައި 11 ބައިވެރިން ލަވަ ހުށަހަޅައިދޭނީ ވެސް ހާއްސަ މެހެމާނުގެ ލަވަތަކެވެ.

ރޭ ގަދަ 11 ބައިވެރިން ލަވަ ހުށަހަޅައިދީފައިވަނީ އެންމެ ރީތި ޅެންތަކަކަށެވެ. މަގުބޫލް އެތައް ޅެންވެރިންގެ ހިތްގައިމު ލަވަތައް ރޭ އިވިގެން ދިޔައިރު، ރޭގެ ލަވަތަކަށް ބަލައި ބެލުންތެރިންނާއި ޖަޖުންގެ ފަރާތުން އެންމެ ދަށުން މާކްސް ލިބޭ ބައިވެރިޔަކު މިރޭ ޝޯއާ ވަކިވެގެން ދާނެ އެވެ. އަދި ގަދަ 10 ޔަގީންވެގެންދާނެ އެވެ.

ގަދަ 11

  • މުހައްމަދު ރީހާން
  • މުހައްމަދު ތަސްނީމް (ބޮބް)
  • ޝަޒާ އަބްދުﷲ ރަޝީދު
  • އިބްރާހީމް ވަހީދު (ބޮޑުބެ)
  • ޝަމްވީލް މުހައްމަދު
  • އަހްމަދު ނަބީލް
  • ހަމޫދު އަހްމަދު
  • ހަސަން އިރުފާން
  • އަހްމަދު ފަރަޝް
  • އައިޝަތު ޖައިޝާ
  • އަބްދުﷲ ހިޝާން

މިރޭގެ ޝޯގައި އައިޑޮލްގެ ގަދަ 10 ހޮވިގެންދާއިރު އަންނަ ހަފުތާ ވެގެން ދާނީ އައިޑޮލްގެ ހަގީގީ ވާދަވެރިކަން ފެށިގެންދާނެ ހަފުތާއަށެވެ. ގަދަ 10 ވެގެން ދާނީ ވަރަށް ވާދަވެރި ކުރިމަތިލުމަކަށެވެ.