(ޖަރުމަނުން: މުހައްމަދު އަފްރާހު) --ރާއްޖޭގައި އިންވެސްޓް ކުރަން ފުރުސަތުތައް ޖަރުމަނުގެ އިންވެސްޓްރުންނަށް އަންގައި ދޭން މަސައްކަތް ކުރާނެ ކަމަށް ރާއްޖޭން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަމީލާ އަލީ ވިދާޅުވެއްޖެ އެވެ.
ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ހުންނަވާ "އަވަސް" އަށް ވާހަކަ ދައްވަމުން ޖަމީލާ ވިދާޅުވީ ރާއްޖޭގެ އިންވެސްޓްމަންޓްތައް އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އެންމެ ބޮޑަށް އަހަމިއްޔަތު ކަމެއް ދޭނީ ގާނޫނީ އޮނިގަނޑުއޮތީ އިންވެސްޓްމަންޓްތަކަށް ރައްކާތެރިކޮށްކަން އަންގައި ދިނުމަށް،" ޖަމީލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި އިންވެސްޓް ކުރުމަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ރާއްޖޭގެ މައުލޫމާތު އެންމެ ރަނގަޅަށް ދޭނެ ކަމަށެވެ.
"އެންމެ ބޮޑަށް އަހަމިއްޔަތު ކަމެއް ދޭނީ ގާނޫނީ އޮނިގަނޑުއޮތީ އިންވެސްޓްމަންޓްތަކަށް ރައްކާތެރިކޮށްކަން އަންގައި ދިނުމަށް،" ޖަމީލާ ވިދާޅުވި އެވެ.
ޖަމީލާ ވިދާޅުވީ ޖަރުމަނު ޓޫރިސްޓުން އިތުރު ކުރުމަށްވެސް ޓޫރިޒަމް ދާއިރާއާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ޖަރުމަނަށް ރާއްޖޭން ދަތުރުކުރާ ދިވެހިންނަށް ވިސާ ހޯދުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް މަސައްކަތް ކޮށްދެވާނެ ކަމަށް ވިދާޅުވި އެވެ.
އަޅުގަނޑު މިކޮޅަށް [ޖަރުމަނަށް] އަންނަން އުޅުނު އިރުވެސް ޓޫރިޒަމް ދާއިރާގެ ބޭފުޅުން ވެސް ވިދާޅުވި ވިސާ ވާހަކަ. އެ މަސައްކަތް ކުރިން ވެސް ފޮރިން މިނިސްޓްރީން ކުރަމުން ގެންދިޔައީ. އެހެންނަމަވެސް ކުޑަކުޑަ ތާއްޓެއް، ހުއްޓުމެއް އެބަ އުޅޭ. މިކަން މުޅިން ހުއްޓުނީއެއް ނޫން،" ކުރިން ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަ ކުރެއްވި އާ ސަފީރު ވިދާޅުވި އެވެ.
ޖަރުމަނަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރާ އެއް ގައުމެވެ. އަދި އެގައުމަށް ވިޔަފާރީގެ ބޭނުންތަކުގައި ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރެ އެވެ.