ހަބަރު

ގެއްލިގެން ހޯދި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

Mar 30, 2017

ލ. އަތޮޅު ފޮނަދޫން ދެދުވަސް ކުރިން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. އެ މީހާއަކީ ބަންގްލަދޭޝްގެ މީހެކެވެ.

އުމުރުން 27 އަހަރުގެ އެމީހާގެ ފެނުނީ މިއަދު މެންދުރު ފޮނަދޫ ގޮނޑުދޮށުންނެވެ. އޭނާގެ ހަށިގަނޑު ގަމުގެ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އޭނާގެ ހަށިގަނޑުގައި ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ބޭރަށް ފެންނަ ހުރި ކަމަށްވެސް ވެއެވެ

މަރުގެ މި މައްސަލަ ފުލުހުން ގެންދަނީ ފޮނަދޫގައި ބަލައި ތަހުގީގު ކުރަމުންނެވެ.