ހަބަރު

ދުބާއީން ރާއްޖެއަށް ޑްރަގް އެތެރެ ކުރަން އުޅުނު ޒުވާނަކު އަތުލައިގެންފި

Apr 27, 2017
3

ދުބާއީ އިން ރާއްޖެއައި ދިވެހި ޒުވާނެއްގެ އަތުން ބައިކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ މި މަހުގެ 19 ވަނަ ދުވަހު ރާއްޖެ އައި 25 އަހަރުގެ ދިވެހި ޒުވާނާގެ އަތުން ފެނިފައި ވަނީ 578 ގްރާމްގެ ހެރޮއިން ކަމަށެވެ. ކަސްޓަމްސް އިން ބުނީ މި ޒުވާނާގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން އެއާޕޯޓް ކަސްޓަމްސްގެ އޮފިސަރުން އޭނާ ހިފަހައްޓައި ޗެކް ކުރި އިރު، އޭނާގެ ލަގެޖްގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ފޮރުވާފައިވާ ދެ ޕެކެޓް ފޮރުވާފައި ވަނިކޮށް ފެނިފައިވާ ކަމަށެވެ. އަދި އެ ޕެކެޓްތައް ކަނޑައިގެން ޓެސްޓްކުރި އިރު އޭގައި ހުރީ ހެރޮއިންކަން ޓެސްޓްތަކުން ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން މިހާރު ވަނީ މި ޒުވާނާ ފުލުހުންނާ ހަވާލުކޮށްފަ އެވެ. އެ މައްސަލައިގެ ތަހުގީގު ފުލުހުން ވަނީ ފަށައިފަ އެވެ.