ހަބަރު

ޖޯން ޑީޕޯޓްކޮށްލައިފި

އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުރި އެމެރިކާގެ ވިޔަފާރިވެރިޔާ، ޖޯން ސޭފޯޓް ޑީޕޯޓް ކޮށްލައިފި އެވެ. އޭނާ ޑީޕޯޓް ކޮށްލާފައިވަނީ 10 އަހަރަށް ރާއްޖެ ނާދެވޭ ގޮތަކަށެވެ.

އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ހަލީލު ވިދާޅުވީ، ޖޯން ޑީޕޯޓްކޮށްލާފައިވަނީ ރޭގެ ވަގުތެއްގަ ކަމަށެވެ.

ގަވައިދާ ހިލާފަށް އޭނާ ރާއްޖޭގައި އުޅެމުންދާ ކަމަށް ބުނެ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔަ ނަމަވެސް މި ހުރިހާ ދުވަހު ޑީޕޯޓްކޮށް ނުލައި ހުރީ އޭނާއާ ގުޅޭ މައްސަލަތަކެއް ކޯޓުތަކުގައި ކުރިއަށް ދާތީ އެވެ.

ޖޯން ޑީޕޯޓްކޮށްލާފައި ވަނީ ހައިކޯޓުން އޭނާއާ އެއްކޮޅަށް ދެ މައްސަލައެއް ނިންމާފައި ވަނިކޮށެވެ. އެ ދެ މައްސަލައަކީ ވެސް ދަށު ކޯޓުން އޭނާއާ ދެކޮޅަށް ނިންމާފައިވާ ދެ މައްސަލަ އެކެވެ.