ރޯދައިގެ ދަރުމަ

ރޯދައިގެ ދަރުމަ: ފަހު ދިހައިގެ ހެޔޮ އަމަލު އިތުރުކުރޭ

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު، ރަމަޟާން މަހު "އަވަސް" އިން ކިޔުންތެރިންނަށް ހަދިޔާއެއްގެ ގޮތުގައި ގެނެސްދޭ "ރޯދައިގެ ދަރުމައިގެ" މިއަދުގެ މައުލޫއަކީ "ފަހު ދިހައިގެ މާތްކަން" އެވެ.

ރަމަޟާން މަހުގެ ފަހު 10 މިހާރު މިވަނީ ބައްދަލުކޮށްފަ އެވެ. މި ބަރަކާތްތެރި މައްސަރުގެ ފަހު ދުވަސްތައް މިވަނީ ގުނަން ފެށިފަ އެވެ. އެހެންކަމުން ރަމަޟާން މަސް ނިމިގެންދާއިރު، އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަކީ ވަރަށް މުހިންމު ކަމެކެވެ.

ރަސޫލާ ހަދީޘް ކުރައްވާފައިވެ އެވެ. ރަމަޟާން މަހުގެ އޮނަހިރި ރޭތަކުގައި ލައިލަތުލްގަދުރުރި ވިލޭރޭވާ ކަމަށާއި އެ ރޭ ހޯދުމަށް ފަހު ދިހައިގެ މަސައްކަތް ކުރާށެވެ. ހަމައެކަނި އޮނަހިރި ރޭތަކެއް ނޫނެވެ. އެހެން ދުވަސްތަކުގައި ވެސް އަޅުކަންތަކާއި ޒިކުރުކުރުމުގައި ވަގުތުތައް ހޭދަކުރަންޖެހެ އެވެ.

ފަހު ދިހައިގެ ހުރިހާ ރެއެއްގައި ވެސް އަޅުކަންތަކާއި ހެޔޮ އަމަލުތައް ކުރުމުގައި ދެމިތިއްބެއްޖެނަމަ އެމީހަކަށް ލައިލަތުލްގަދުރުވިލޭރޭ ލިބޭނެ އެވެ. އަދި ފަހު ދިހައިގެ އެންމެ ރޭތަކުގެ ސަވާބު ވެސް ލިބިގެންދާނެ އެވެ.

ކީރިތި ރަސޫލާ ރޯދަ މަސް ހޭދަކުރައްވާފައިވާ ގޮތުގައި ހާއްސަކޮށް ފަހު ދިހައިގައި ޤުރުއާން ކިޔުއްވުން އިތުރުކުރައްވަ އެވެ. އިއުތިކާފުގައި އިންނަވަ އެވެ. ރަސޫލާގެ ފަހު ރޯދަ މަހުގެ ފަހު 20 ދުވަހު އިއުތިކާފުގައި އިންނަވާފައިވެ އެވެ. އެ ނޫން ރޯދަ މަސްތަކުގައި އިންނެވީ ފަހު ދިހަ ދުވަހު އެވެ. އިއުތިކާފުގައި އިނުމަކީ މިސްކިތުގައި ވީހާވެސް ގިނައިރު އިނުމެވެ.