ރޯދައިގެ ދަރުމަ

ރޯދައިގެ ދަރުމަ: އާއިލާއަށް ރޯދަ ވީއްލުމެއްދީ، އެކަން މުހިންމު!

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު، ރަމަޟާން މަހު "އަވަސް" އިން ކިޔުންތެރިންނަށް ހަދިޔާއެއްގެ ގޮތުގައި ގެނެސްދޭ "ރޯދައިގެ ދަރުމައިގެ" ހުކުރު ދުވަހަށް ހާއްސަ މައުލޫއަކީ "އާއިލީ ގުޅުމުގެ މުހިންމުކަން" އެވެ.

ރަމަޟާން މަހަކީ އުހުވަތްތެރިކަމާއި އަހުވަންތަކާއި ރަހުމަތްތެރިކަމާއި ދެކެފަރިތަކަމުގެ ގުޅުންފަދަ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް ބައްދަލުކުރާ ދުވަސްތަކެކެވެ. ރަމަޟާން މަހުގެ ތަރުބަވީ މަދަރުސާގައި އުޅެމުންދާއިރު، ހޯދަންޖެހޭ އެންމެ ރަނުގެ ފުރުސަތަކީ އާއިލީ ގުޅުންތައް ވަރުގަދަކުރުމުގެ ފުރުސަތެވެ.

އާއިލީ ގުޅުންތަކަކީ އެ ދެމެހެއްޓުމަށް މާތްﷲ އެކި ފަހަރު މަތިން ބަޔާންކުރައްވާފައިވެ އެވެ. ތިމާގެ މައިންބަފައިންނަށް، ތިމާގެ ދަރިންނަށް ހޭދަކުރާ އެއްޗަކީ އެއިން ތިމާއަށް ސަވާބު ލިބޭނެ އެއްޗެއްސެވެ.

އާއިލީ ގުޅުން ވަރުގަދަކުރުމަށްޓަކައި ރޯދަ ވިއްލުން ދިނުމަކީ ކުރެވިދާނެ ކަމެކެވެ. ރޯދަ ވިއްލުން ދިނުމަކީ ސަވާބު ވެސް ލިބޭ ކަމެކެވެ. އަދި ރޯދަ ވިއްލުމުގައި އާއިލީ ގިނަ މެންބަރުން ބައިވެރިކޮށް، އެކަމުގައި ކުޑަކުދިން ވެސް ބައިވެރިކުރުވާނަމަ އަހުވަންތަކަމާއި ރަހުމަތްތެރިކަން އިތުރަށް އާއިލާ މެންބަރުންގެ މެދުގައި ބަދަހިވެގެންދާނެ އެވެ. މީގެއިތުރުން ފިތުރު ޒަކާތް ދެއްކުމަށް އުނދަގޫ އެވަރުގެ ތަނަވަސްކަން ނެތް އާއިލާ މެންބަރުންނަށް އެހީތެރިވެދިނުމަކީ ވެސް މި ރަމަޟާން މަހު ކުރަން ވަރަށް މާތް ކަމެކެވެ.